ރައީސް މަޢުމޫންގެ އައު ސިޔާސީ ޕާޓީ އެމްއާރުއެމް، ސަރުކާރު ކޯލިޝަނުގައި އޮތްހާ ހިނދަކު އެ ޕާޓީން ނުފެންނާނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
"ފެށުމަށް" ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި އުމަރު ވިދާޅުވީ، އެމްޑީޕީ އާއެކު މަސައްކަތް ފެއްޓެވި ހިސާބުން ކުރީގެ ރައީސް މަޢުމޫނާ އޮތް ގުޅުން ކެނޑިފައިވާ ކަމަށެވެ.
"މަޢުމޫން އާ ޕާޓީން އަޅުގަނޑު ނުފެންނާނެ. މަޢުމޫން އެމްޑީޕީއާ އެއްކޮށް ދަތުރު ފެށީމަ އަޅުގަނޑާ މަޢުމޫނާ އޮތް ގުޅުން ކެނޑުނީއެ." މި ނޫހުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، އުމަރުގެ ޑެޑްލައިން ދަމާލައްވަނީ އެމްޑީޕީއާ އެކުގައި މަސައްކަތް ކުރައްވަން ފައްޓަވާ ހިސާބުން ކަމަށެވެ.
"އެމްޑީޕީގެ ކޯލިޝަނުގައި ހިމެނޭ، އެމްޑީޕީ ލެޑް ކޯލިޝަންގައި ހިމެނޭ ބޭފުޅެއް މަޢުމޫނަކީ. އަޅުގަނޑު ޑެޑްލައިން ދަމާލާނީ އެހާ ހިސާބުން." އުމަރުގެ ސްޓޭންޑް އިތުރަށް ތަފްސީލު ކޮށްދެއްވައި އުމަރު ވިދާޅުވިއެވެ.
އެމްޑީޕީއާއެކު މަސައްކަތް ފެށުމުން މަޢުމޫނާ އޮތް ގާތް ގުޅުން ކެނޑިފައިވާކަމަށް އުމަރު ވިދާޅުވިއިރު، އުމަރު ފާހަގަކުރެވެނީ ރާއްޖޭގެ ސިޔާސީ މަޝްރަޙްގައި ސިޔާސީ ފިކުރުގައި ސާޞިތުކަންމަތީ ހުންނަވާ ލީޑަރެއްގެ ގޮތުގައެވެ.
ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމުވެ ތިބުމާ ދެކޮޅަށް އުމަރު ޤައުމީ ހަރަކާތެއް އިއުލާން ކުރައްވާފައިވާކަން މިދަނޑިވަޅުގައި ފާޙަގަކޮށްލެވެއެވެ.





ހިޔާލު
ހުންޗީޗީއައްޗީީ