މާފުށީ ޖަލަށް ވައްދަން އުޅުނު ސާމާނު - ފޮޓޯ: ފުލުހުން

މާފުށީ ޖަލަށް އެތެރެކުރަން އުޅުނު 72 ފޯނު އަތުލައިގެންފި

މާފުށީގައި ހުންނަ ޖަލަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މޮބައިލް ފޯނާއި އެހެނިގެން ސާމާނު އަތުލައިގެންފިއެވެ.

ފުލުހުން ވިދާޅުވީ، މާފުށީ ޖަލަށް ގިނަ އަދަދެއްގެ ސާމާނުތަކެއް އެތެރެކުރަން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ ދަންވަރު 02:25 ހާއިރު ފުލުހުންނާއި، ކަރެކްޝަނަލް ސަރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެސާމާނުތައް އަތުލައިގެންފައިވާ ކަމަށެވެ.

މާފުށީ ޖަލަށް އެތެރެކުރަން އުޅުނު ސާމާނު:

  • 41 ސްމާޓް ފޯން
  • 29 ނޮކިއާ ފޯން (އާދައިގެ)
  • 1 ނޮކިއާ އިތުރު މޮޑެލްއެއްގެ ފޯނެއް
  • 1 ފޯން (L8star)
  • 62 ފޯނު ޗާޖަރު
  • 7 ސިމްކާޑު (ދިރާގު)
  • 39 ޔޫއެސްބީ ޑްރައިވް
  • 22 ހެޑްސެޓް
  • 5 އެޑެޕްޓަރ
  • 2 ފަހާ ސާމާނު ކިޓް
  • 5 ނިޔަފަތި ކަނޑާ ދަތި
  • 5 ފުޅި ސުޕަރގްލޫ
  • 5 ކަޓަރު
  • 3 ވަޅި (ކުޑަ)
  • 2 ދަޅު ފެމް
  • 2 ފޮށި ކަޓަރު ތިލަ
  • 2 ޕެކެޓް އައޮޑިން ލޮނު
  • 4 ލޯގަނޑު
  • 12 ދުނިކީސްތިލަ
  • 5 ސަމްސާ
  • 5 އޫ (ފޯރކް)
މާފުށީ ޖަލަށް ވައްދަން އުޅުނު ސާމާނު - ފޮޓޯ: ފުލުހުން

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ، އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނަކާއި، 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ ދެމީހުންނަކީވެސް ކަރެކްޝަނަލްގެ އޮފިސަރުން ނޫންކަމަށާއި، އެއީ އާއްމުންގެ ދެމީހުން ކަމަށް ފުލުހުން އަދި ކަރެކްޝަންސް އިންވެސް ވިދާޅުވިއެވެ.

"މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުން ދެމީހުންގެ ތެރެއިން 21 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް 10 ދުވަސް އަދި 26 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް 15 ދުވަސް މާފުށީ މެޖިސްޓްރޭޓް ކޯޓުން ދީފައިވޭ." ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤު ކުރަމުންދާއިރު، މިގޮތަށް މާފުށީ ޖަލަށް ސާމާނު އެތެރެކުރަން އުޅުމުގެ ތެރޭގައި މީގެ ކުރިންވެސް މީހުްނ ހައްޔަރުކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ