އިންޑިއާއަށް އެރި ތޫފާނެއްގެ ފޮޓޯއެއް

އަރަބި ކަނޑުގައި އުފެދުނު ތޫފާން "ހިކާ" އިތުރަށް ބާރު ގަދަވާނެ - މެޓް

އަރަބި ކަނޑުގައި އުފެދުނު ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވީ، ރާއްޖެއާއި ދުރުން އަރަބި ކަނޑުގައި އުފެދުނު ބާރުގަދަ ކޮޅިގަނޑު މިހާރު ތޫފާނަކަށް ބަދަލުވެފައިވާ ކަމަށެވެ.

"މި ތޫފާނުގެ އެވްރެޖް ވައިގެ ބާރުމިން ގަޑިއަކު 40 މޭލުގައި ހުންނާނެކަމަށް ލަފާކުރެވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މި ތޫފާނުގެ އަސަރު އިތުރަށް ގަދަވެ، ހުޅަނގަށް ޖެހި އޮމާންގެ އައްސޭރިފަށާ ދިމާލަށް ދަތުރުކުރަމުން ދާނެކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން ވިދާޅުވީ، މި ތޫފާނުގެ "ސީދާ އަސަރު" ރާއްޖެއަށް ކުރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

މި ތޫފާނަށް ދީފައިވާ ނަން "ހިކާ" އަކީ ރާއްޖެއިން ދީފައިވާ ނަމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ