އަދާލަތު ޕާޓީ މެދުވެރިކޮށް ރަމަޟާން މަހަށް ޙާފިޒުން ގެނައުމުގެ ފުރުޞަތު ހުޅުވާލައިފި

ކުރިއަށް އޮތް ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް، އަދާލަތު ޕާޓީ މެދުވެރިކށް ޙާފިޒުން ގެނައުމުގެ ފުރުޞަތު އެ ޕާޓީން ހުޅުވާލައިފިއެވެ.

އަދާލަތު ޕާޓީން މިއަދު ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މިހިނގާ 1440 ވަނަ އަހަރުގެ ރަމަޟާން މަހުގައިވެސް ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް 50 ޙާފިޒުން ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

"ޙާފިޡުން ރާއްޖެ ގެނައުމާއި އަންބުރާ ފޮނުވާލުމާއި، މާލޭގައި މަޑުކުރައްވާ ވަގުތާއި ރަށްރަށަށް ފޮނުވުމާއި، ރަމަޟާން މަސް ނިމުމާއިއެކު ޙާފިޡުން އަނބުރާ މާލެ ގެނެސް މާލޭގައި މަޑުކުރައްވަންޖެހޭ މުއްދަތުގައި ހިނގާނެ ޚަރަދާއި، ޙާފިޡުންނަށް ދޭ އެލަވަންސަށް ހިނގާނެ ޚަރަދުގެ ގޮތުގައި މިއަހަރު ނެގުމަށް ހަމަޖެހިފައިވަނީ 24,900/- (ސައުވީސްހާސް ނުވަ ސަތޭކަ) ރުފިޔާ." އަދާލަތު ޕާޓީން ވިދާޅުވިއެވެ.

އެ ޕާޓީން ވިދާޅުވީ، މިއަހަރު، އަދާލަތު ޕާޓީ މެދުވެރިކޮށް ޙާފިޡުން ގެނައުމަށް ޝައުޤުވެރިވާފަރާތްތަކުން 14 މާރޗު 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން އަދާލަތު ޕާޓީގެ މަރުކަޒީ އިދާރާ (ހ.ފުލިދޫގެ، 3 ވަނަ ފަންގިފިލާ) އަށް ރަސްމީކޮށް އެކަން އަންގަވައި، ފައިސާ ދެއްކެވުން އެދިލައްވާ ކަމަށާއި، އެ ތާރީޚަށް ފަހު ފައިސާ ބަލައިގަނެވެން ނެތްކަމަށެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342674، 9903231 ނުވަތަ 7906507 އަށް ގުޅުއްވުން އެ ޕާޓީއަށް އެދިލައްވައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް