ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ބާރުއަޅުމާއި ފަރުދީގޮތުން ތިމާވެއްޓަށްޓަކައި ކަމެއްގެ ކުރުމުގެ ގޮތުން އެސްޓީއޯ މުވައްޒަފުން ހިނގާފައި މިއަދު އޮފީހަށް ނުކުމެއްޖެއެވެ.
މިއީ އެސްޓީއޯ އިން "ވޯކް ޓު ވަރކްގެ" ނަމުގައި ކުރިޔަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.
STO Home Improvement staff taking part in today's Walk to Work day. #STOwalk2workday #walktowork2019 pic.twitter.com/rqSHsYTKWu
— STO Home Improvement (@STO_HomeImp) September 24, 2019
މީގެ އިތުރުންވެސް ޕްލާސްޓިކް ކޮތަޅު މަދު ކުރުމުގެ ގޮތުން އެސްޓީއޯއިން ވަނީ ސެޕްޓެންބަރު 20 ވަނަ ދުވަހުން ފެށިގެން އެ ފިހާރައިން ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ތިމާވެއްޓާ ރައްޓެހި ކޮތަޅު ގެންނަ ފަރާތްތަކުގެ ބިލުން ދެ ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.
އެސްޓީއޯ ފާހަގަ ކުރެވެނީ މިފަދަ ކަންކަމުގައި މުޅީ މުޖުތަމައަށް ނަމޫނާ ދައްކާ ކުންފުންޏެއްގެ ގޮތުގައެވެ. އެސްޓީއޯ ފަށާފައިވާ ހަރަކާތުގެ ސަބަބުން އާންމުކޮށް ބޭނުން ކުރެވޭ ޕްލާސްޓިކް ބޭނުން ކުރުންމަދުވެ ރައްޔިތުން މިކަމުގައި ހޭލުން ތެރިވުމަށް މަގުފަހިވެގެން ދާނެއެވެ.




