ޓޫރިސްޓުން ބައިތިއްބާ ތަންތަނުގެ މުވައްޒަފުންނަށް ލިބޭ ޚިދުމަތްތަކާއި ވަޒީފާއާއި ބެހޭ ޤާނޫނުގެ ދަށުން މުވައްޒަފުންނަށް ލިބިދެވޭ ޙައްޤުތައް އަދި ސަރވިސް ޗާޖުއާއި ދިވެހި މުވައްޒަފުން ވަޒީފާގައި ތިބި މިންވަރު ޓޫރިޒަމް މިނިސްޓްރީން ބަލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިކަންކަން ބަލާފައި ވަނީ ފަތުރު ވެރިކަމުގެ ސިޔާޢަތުގެ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ފޯރުކޯށްދޭ ޚިދުމަތުގެ މިންގަނޑުތައްހުރީ ޓޫރިޒަމް މިނިސްޓްރީއާއި ކަމާގުޅޭ މުއައްސަސާތަކުގެ ޤަވާއިދުތަކާއި އެއްގޮތަށްތޯ ބެލުމަށް ކުރިޔަށްގެންދިޔަ އިންސްޕެކްޝަންތަކުގައެވެ.
މި އިންސްޕެކްޝަން ކުރިޔަށް ގެންގޮސްފައިވަނީ 07 ފެބުރުވަރީ 2019 އިން ފެށިގެން 20 ސެޕްޓެންބަރު 2019 ގެ ނިޔަލަށެވެ.
މި އިންސްޕެކްޝަންގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހިންގާ ޓޫރިސްޓުން ބައިތިއްބާ ތަންތަން ވަނީ ބަލާފާސްކޮށްފައެވެ. އެގޮތުން ރާއްޖޭގެ 20 އަތޮޅެއްގައި ހިންގަމުން އަންނަ ޓޫރިސްޓް ރިޒޯޓްތަކާއި، ހޮޓެލް، ޔޮޓް މެރީނާއާއި، ގެސްޓްހައުސްތަކާއި އަދި ޑައިވް ސެންޓަރުތައް ހިމެނޭ ގޮތަށް 1061 ޓޫރިސްޓް އެސްޓެބްލިޝްމަންޓް އިންސްޕެކްޓް ކުރެވިފައިވެއެވެ.
އޭގެ ތެރޭގައި މީހުން ދިރިއުޅޭ 81 ރަށެއްގައި ހިންގާ ޓޫރިސްޓް ފެސިލިޓީއާއި، 143 ރިޒޯޓާއި، 3 ޔޮޓްމެރީނާއާއި، 10 ޓޫރިސްޓް ހޮޓަލާއި، 535 ޓޫރިސްޓް ގެސްޓްހައުސްއާއި 194 ޑައިވް ސެންޓަރުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ނުކޮށް ހިންގާ 176 ގެސްޓްހައުސްވެސް ވަނީ ބަލާފައެވެ.
މި އިސްޕެކްޝަންގައި ބަލާފައިވަނީ ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމަށް ސަލާމަތީ ގޮތުން އެޅިފައިވާ ފިޔަވަޅު ތަކާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެޅިފައިވާ ފިޔަވަޅުތަކަށެވެ. މީގެ އިތުރުން މުވައްޒަފުންނަށް ލިބެންހުރި ޚިދުމަތްތަކާއި ވަޒީފާއާއި ބެހޭ ޤާނޫނުގެ ދަށުން މުވައްޒަފުންނަށް ލިބިދެވޭ ޙައްޤުތައް އަދި ސަރވިސް ޗާޖުއާއި ދިވެހި މުވައްޒަފުން ވަޒީފާގައި ތިބި މިންވަރުވެސް ވަނީ ބަލާފައެވެ.





ހިޔާލު
Muvazzafunge kankan belumaky Labour Relations Authority ge zimmaa eh. Tourism ministry akee thikan kuran engeyne adhi haisiyyathu libifaivaa bayeh noon