ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމުގެ ހުއްދަ ހޯދުމަށްޓަކައި ކޯޓާއަށް އެދި ހުށަހަޅާއިރު، ޞައްޙަނޫން ލިޔުންތައް ހުށަހެޅި ކުންފުނިތަކާއި، އެ ކުންފުނިތަކުގެ ހިއްސާދާރުންގެ މަޢުލޫމާތު ޢާއްމުކުރި އިއުލާނު އޮކޮނޮނިކް މިނިސްޓްރީން ނަގައިފިއެވެ.
އިއްޔެ ކުރި އެ އިއުލާނުގައި ބުނެފައިވަނީ، ކޯޓާއަށް އެދި ހުށަހަޅާއިރު ޞައްޙަނޫން ލިޔުންތައް ހުށަހަޅާކަން ފާހަގަކުރެވިފައިވާ ކަަމަށާއި، އެފަރާތްތަކުގެ މައްސަލަ ތަޙްޤީޤު ކުރަން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅަމުން ގެންދާ ކަމަށެވެ.
ނަމަވެސް އިއްޔެ ގެޒެޓްކުރި ލިސްޓާއި، ޢާއްމުކުރި ނޫސްބަޔާން އެ މިނިސްޓްރީން ވަނީ ފަހުން ނަގާފައެވެ. އެކަމާ ގުޅިގެން އެ މިނިސްޓްރީން ވިދާޅުވީ، އިއުލާނަށް ބަދަލުތަކެއް ގެނައުމަށްޓަކައި އިއުލާން ނެގީ ކަމަށާއި، އަލުން އިއުލާނު ކުރެވޭނެ ދުވަހެއް ދަންނަވަން ނޭނގޭ ކަމަށެވެ.
ޞައްޙަ ނޫން ލިޔުންތަކާއެކު ކޯޓާއަށް ހުށަހެޅައިގެން ފުލުހަށް ތަޙްޤީޤުކުރަން ފޮނުވި ފަރާތްތައް:


ބިދޭސީ މަސައްކަތްތެރިން ރާއްޖެ އެތެރެކުރުމަށް ދެވޭ ހުއްދައިގެ މަސައްކަތްތައް އިމިގްރޭޝަނުން، އިކޮނަމިކް މިނިސްޓްރީގެ ދަށަށް މިއަހަރުގެ މާޗް 21 ވަނަ ދުވަހު ބަދަލުކޮށްފައިވާއިރު، ބިދޭސީންގެ މައްސަލަތައް ހައްލު ނުކުރެވިއްޖެނަމަ އިސްތިއުފާ ދެއްވާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.
								
											


														
														
														
														
														
														