ބޮލީވުޑްގައި މިހާރު ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ އެކްޓަރު "ޕްރަބާސް" ގެ ކުރިއަށް އޮތް ފިލްމްގެ ނަމަކީ "ޖާން" ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެފިއެވެ. މިއީ ޓެލެގޫ ފިލްމެކެވެ.
ދާދިފަހަކުން ރިލީޒްކުރި ޕްރަބާސް ލީޑުން ފެނިގެންގޮސްފައިވާ ފިލްމް "ސާހޯ" ވަނީ ބޮކްސް އޮފީހުގައި ގިނަ ރިކޯޑުތަކެއް މުގުރުރާ ބްލޮކްބަސްޓާ ފިލްމަކަށްވެފައެވެ. މި ފިލްމްގައި ޕަރްބާސްއާއެކު ލީޑުން ފެނިގެންދިޔަ ބަތަލަކީ ބޮލީވުޑްގެ ކާމިޔާބު ތަރި "ޝްރަދާ ކަޕޫރް"އެވެ.
ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން ފިލްމް ސާހޯ އަށްފަހު ދެން ޕްރަބާސް ކުޅޭ ފިލްމް "ޖާން"، ގައި އޭނެ ފެނިގެންދާނީ ފާލު ބަލާ ނުވަތަ އަތް ބަލާ މީހެއްގެ ރޯލުންނެވެ. އަދި މި ފިލްމްގެ މަސައްކަތް ފަށާނެ ކަމަށް މީގެ ކުރިންވެސް އިއުލާންކޮށްފައިވީނަމަވެސް، ފިލްމް ހުއްޓިފައިވަނީ، ފިލްމް "ސާހޯ" ގެ މަސައްކަތައް ޕްރަބާ ވަގުތު ދޭންވެގެންކަމަށްވެސް ހަބަރުތައްބުނެއެވެ.
މައުލޫމާތު ލިބޭގޮތުގައި މި ފިލްމްގެ ޕްރަބާސްއާއެކު މި ފިލްމްގެ ލީޑުން ފެނިގެންދާނީ ބޮލީވުޑްގެ ތަރި "ޕޫޖާ ހެޖް"އެވެ. އަދި މި ފިލްމްގައި އެކްޝަން މަންޒަރުތަކެއްވެސް ހިމެނޭކަމަށް ޕުޖާ މި ފިލްމާއި ބެހޭގޮތުން ދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ.
ފިލްމާއި ބެހޭގޮތުން އިތުރު މައުލުމާތެއް އަދި ހާމަކޮށްފައިނުވާއިރު، މި ފިލްމް ސިނަމާއާ ހިސާބަށް އަންނާނެ ތާރީހެއްވެސް އަދި ހާމައެއްނުކުރެއެވެ.




