36 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމްގެ ސާރވޭ، ޑިޒައިން އަދި އީއައިއޭ މަސައްކަތްކުރުމަށް ޕްލޭނިންގް މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީން ވިދާޅުވީ، 6 މަސްދުވަހުގެ ތެރޭގައި ނިންމުމަށް 36ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމްގެ ސާރވޭ، ޑިޒައިން އަދި އީއައިއޭ މަސައްކަތްކުރުމަށް އިޕޮކް ޕްރައިވެޓް ލިމިޓެޑް އިން އެސޮސިއޭޝަން ވިތް ފީޑްބެކް އިންފްރާ ޕްރައިވެޓް ލިމިޓެޑް (އިންޑިޔާ) އަދި ފޯރސައިޓް ސާރވެޔާރސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާ ކަމަށެވެ.
6މަސްދުވަހުގެ ތެރޭގައި ނިންމުމަށް 36ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމްގެ ސާރވޭ، ޑިޒައިން އަދި އީއައިއޭ މަސައްކަތްކުރުމަށް އިޕޮކް ޕްރައިވެޓް ލިމިޓެޑް އިން އެސޮސިއޭޝަން ވިތް ފީޑްބެކް އިންފްރާ ޕްރައިވެޓް ލިމިޓެޑް (އިންޑިޔާ) އަދި ފޯރސައިޓް ސާރވެޔާރސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި pic.twitter.com/yerBQLZpaC
— Ministry of National Planning and Infrastructure (@MoNPImv) September 26, 2019
މިނިސްޓްރީން ވިދާޅުވީ މިގޮތުން ހދ.ކުމުންދޫ، ހދ.ހިރިމަރަދޫ، ހއ.ވަށަފަރު އަދި ހއ.ތަކަންދޫގައި ފެނާއި ނަރުދަމާ ނިޒާމްގެ ޑިޒައިން މަސައްކަތާއި ހއ.މާރަންދޫ އަދި ހއ.މުރައިދޫގެ ފެނުގެ ނިޒާމްގެ ޑިޒައިން މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 3,598,920.00 ރުފިޔާއަށް ކަމަށެވެ.
އަދި މީގެ އިތުރުން ނ.ފޮއްދޫ، ނ.މާފަރު އަދި ށ.ގޮއިދޫގައި ފެނާއި ނަރުދަމާ ނިޒާމްގެ ޑިޒައިން މަސައްކަތާއި ނ.ހެނބަދޫ، ނ.މަނަދޫ އަދި ށ.ފީވަކުގެ ފެނުގެ ނިޒާމްގެ ޑިޒައިން މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 4,752,420.00 ރުފިޔާއަށް ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިނިސްޓްރީން އިތުރަށް ވިދާޅުވީ، ޅ.އޮޅުވެލިފުށި އަދި ރ.ފައިނުގައި ފެނާއި ނަރުދަމާ ނިޒާމްގެ ޑިޒައިން މަސައްކަތާއި ބ.ކަމަދޫ، ބ،މާޅޮސް، ރ.އިންނަމާދޫ އަދި ކ.ހިންމަފުށީގައި ފެނުގެ ނިޒާމްގެ ޑިޒައިން މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 3,322,080.00 ރުފިޔާއަށް ކަމަށާއި އއ.ފެރިދޫ، އއ.ހިމަންދޫ އަދި އދ.ކުނބުރުދޫގައި ފެނާއި ނަރުދަމާ ނިޒާމްގެ ޑިޒައިން މަސައްކަތާއި އދ.އޮމަދޫ، އއ.މަތިވެރި، އއ.ދިއްދޫ އަދި އދ.ފެންފުށީގައި ފެނުގެ ނިޒާމްގެ ޑިޒައިން މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 3,552,780.00 ރުފިޔާއަށް ކަމަށެވެ.
މ.ނާލާފުށި، މ.ރަތްމަންދޫ، ވ.ކެޔޮދޫ އަދި ވ.ރަކީދޫގައި ފެނާއި ނަރުދަމާ ނިޒާމްގެ ޑިޒައިން މަސައްކަތާއި ތ.ދިޔަމިގިލި އަދި ތ.މަޑިފުށީގައި ފެނުގެ ނިޒާމްގެ ޑިޒައިން މަސައްކަތް ކުރުމަށް 3,598,920.00 ރުފިޔާއަށް ހަވާލުކޮއްފައިވާއިރު ގއ.ދެއްވަދޫ، ގއ.ނިލަންދޫ، ގދ.ނަޑެއްލާ، ލ.ހިތަދޫ އަދި ލ.ކުނަހަންދޫގައި ފެނާއި ނަރުދަމާ ނިޒާމްގެ ޑިޒައިން މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 3,229,800.00 ރުފިޔާއަށް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ކޮންޓްރެކްޓްތަކުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއި ކުރެއްވީ ޕާރމަނަންޓް ސެކްރެޓަރީ އަލްފާޟިލާ ޒީނިޔާ އަޙްމަދު ހަމީދެވެ. އަދި އިޕޮކް ޕްރައިވެޓް ލިމިޓެޑް އިން އެސޮސިއޭޝަން ވިތް ފީޑްބެކް އިންފްރާ ޕްރައިވެޓް ލިމިޓެޑް (އިންޑިޔާ) އަދި ފޯރސައިޓް ސާރވެޔާރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުއާވިޔަތު އަބްދުލް ސައްތާރެވެ.




