ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހދ.ކުޅުދުއްފުށިން މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހދ.ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 33 އަހަރުގެ ފިރިހެނެކެވެ.

"މިމީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުުރުކުރަމުންދާ ބޯޓަކުން ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ސެޕްޓެމްބަރު 26 ވަނަ ދުވަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 06:41 އެހާކަންހާއިރު ހިންގި އޮޕަރޭޝަނެއްގައި." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަނުގައި އެމީހާ ހައްޔަރުކޮށްފައިވަނީ، އެރަށު މަގުމަތިން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލާ ފާސްކުރިއިރު އޭނާގެ އަތުގައި އޮތް ޝޭމްޕޫ ފުޅިއެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި 12 ބުލެޓް ފެނިގެން ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި މައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ބަލާ

    ހައްޔަރުކުރެވުނު މީހާގެ ނިންހާމަނުކުރެވެންޏާ ހަބަރުތަކުގަ މިގޮތައް ނުޖެހިއްޔާ ރަގަޅީ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ