ފެނަކަ ބޮރާންޗެއް - ފޮޓޯ: ސަން

ފެނަކަ ހަލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓް ނޫނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓް ހެދުމަކާ ނުލައި ފަސް ރަށެއްގައި އިންޖީނުގެ އެޅުމުގެ މަސައްކަތް ފަށާފައިވާތީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ކުންފުނި ހަ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އީޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އީއައިއޭ ރިޕޯޓް ހަދައި، އީޕީއޭއިން އެ ކަމުގެ ހުއްދަ ހޯދުމަކާއި ނުލައި، މިދިޔަ ދެ އަހަރުގައި ފަސް ރަށެއްގައި އިންޖީނުގެ އެޅުމުގެ މަސައްކަތް ކުރި ކަމަށެވެ.

އީޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ފަސް ރަށަކީ ހއ. ތަކަންދޫއާއި، ހދ. ފިނޭއާއި، ނ. ހެނބަދޫއާއި، ނ. މާޅެންދޫގެ އިތުރުން ބ. ކެންދޫ އެވެ.

އީޕީއޭ ގެ ބަޔާނުގައި ބުނެފައިވަނީ މިމައްސަލައާ ގުޅިގެން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓްގެ ގަވާއިދުގެ ދަށުން ހަ ލައްކަ ރުފިޔާއިން ފެނަކަ ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށާއި 30 ދުވަހުގެ ތެރޭގައި މި ފައިސާ ދެއްކުމަށް ފެނަކައަށް އަންގަފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ