ރާއްޖެ ދެކެ ވަރަށް ލޯބިވޭ، ވަރަށް އަވަހަށް ރާއްޖެ އައިސް ސަޕޯޓަރުންނާއި ބައްދަލުކުރާނަން ކަމަށް އިންޑިއާގެ ފިލްމްތަކުގައި މަޖާ ރޯލްތަކުން ފެނިގެންދާ ޖޯނީ ލެވާ ބުނެފިއެވެ.
އޭނާ މިހެން ބުނެފައި ވަނީ ރާއްޖޭގެ ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފްއާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަތަކުންނެވެ.
Johny Lever @iamjohnylever says hi to his fans in Maldives. He promised to visit Maldives and meet his fans soon.
— Ahmed Mahloof (@AhmedMahloof) September 26, 2019
PS: I’m on a private visit & it’s not the government covering my expenses. ?? pic.twitter.com/JL5mMETreA
ޖޯނީ ލެވާ ބުނީ އޭނާ ރާއްޖެ ދެކެ ވަރަށް ލޯބިވާ ކަމަށާއި، ރާއްޖޭގެ މީހުން އޭނާ ދެކެ ވަރަށް ލޯބިވާކަން އިނގޭ ކަމަށެވެ. އަދި ރާއްޖެ ދިއުމަށް ދައުވަތު ދިނީތީ މިނިސްޓަރަށް އޭނާ ވަނީ ޝުކުރު އަދާ ކޮށްފައެވެ.
ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް އިންޑިއާއަށް ކުރައްވަމުން ގެންދަވާ މި ނުރަސްމީ ދަތުރުފުޅުގައި މިހާތަނަށް އިންޑިއާގެ މަޝްހޫރު ތިން ފިލްމީ ތަރިއަކާއި ބައްދަލުކުރައްވާފައިވާއިރު، އެގޮތުން އިއްޔެގެ ވަގުތެއްގައި އަމީތާބް ބަޗަން އާއި މިއަދު ސުނިލް ޝެޓީއާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ.



