އުރީދޫއިން ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ހަތަރު ޕެކޭޖެއް ތަޢާރަފުކޮށްފިއެވެ.
އެގޮތުން އުރީދޫ އިން ތައާރަފްކޮށްފައިވަނީ ޕްރީޕެއިޑް އަދި މިކްސް ކަސްޓަމަރުންނަށް ވޮއިސް ޕެކްގެ އިތުރުން، އަންލިމިޓެޑް ކޯލްސް، އިތުރު ލޯކަލް މިނެޓް އަދި އިތުރު ޑޭޓާ އެލެވެންސް ހިމެނޭ ކޮމްބޯ ޕެކެވެ.
އުރީދޫ ނަމްބަރުތަކަށް ގުޅުމަށް ޚާއްސަ "އަންލިމިޓެޑް ވޮއިސް ޕެކްސް" އެކްޓިވޭޓް ކުރުމަށް #3*929* އަށް ގުޅުއްވުމުން އެކްޓިވޭޓް ވާނެއެވެ. މި ޕެކޭޖްގެ ދަށުން ދުވާލަކަށް 15 ރުފިޔާ ހޭދަކޮށްލައިގެން އުރީދޫ ނަންބަރުތަކަށް ހިލޭ ގުޅޭނެއެވެ. އަދި ހަފްތާއަކަށް 75 ރުފިޔާ އަށް އުރީދޫ ހުރިހާ ނަންބަރަކަށް ހިލޭ ގުޅޭނެއެވެ. މި ޕެކޭޖް މަހަކަށް ނަންގަވާނަމަ އަގަކީ 200 ރުފިޔާއެވެ.
އުރީދޫ އަދި ރާއްޖޭގެ އެހެނިހެން ނަންބަރުތަކަށް ގުޅުމަށް ޚާއްސަ "ލޯކަލް މިނެޓްސް ޕެކްސް" އެކްޓިވޭޓް ކުރުމަށް ގުޅަން ޖެހެނީ #3*929* ގުޅާށެވެ. މި ޕެކޭޖުގެ ދަށުން ދުވާލަކު 15 ރުފިޔާ ޚަރަދުކޮށްގެން ހިލޭ 30 މިނެޓް ލިބޭނެއެވެ. އަދި ހަފުތާއަކަށް 75 ރުފިޔާ ހޭދަކޮށްގެން 150 މިނެޓު ލިބެއެވެ. އަދި މަހަކަށް 250 ރުފިޔާ ހޭދަކުރުމުން 500 މިނެޓް ލިބެއެވެ.
އުރީދޫއިން ތަޢާރަފު ކުރި ކޮމްބޯ ޕެކްސް އެކްޓިވޭޓުކުރުމަށްވެސް ގުޅަން ޖެހެނީ #3*929* އަށެވެ. މި ޕެކޭޖްގެ ދަށުން ޑެއިލީ ކޮމްބޯ ނެގުމަށް 30 ރުފިޔާ ހޭދަކުރުމުން، އުރީދޫ ނަންބަރުތަކަށް ގުޅުމަށް 250 މިނެޓު އަދި 250 އެމްބީ ޑޭޓާ ލިބެއެވެ. އަދި 150 ރުފިޔާ ހޭދަކޮށް ވީކްލީ ކޮމްބޯ ނެގުމުން އުރީދޫ ނަމްބަރުތަކަށް ގުޅުމަށް 500 މިނެޓު އަދި 500 އެމްބީ ލިބެއެވެ.
މީގެ އިތުރުން އުރީދޫން ވަނީ "ހެޕީ އަވަރ" ގެ ނަމުގައި ވަރަށް ޚާއްސަ ޕްރޮމޯޝަނަލް އޮފަރއެއް ކަސްޓަމަރުންނަށް ހުޅުވާލާފައެވެ. އެގޮތުން ކޮންމެ ދުވަހަކު ފަތިހު 5 އިން ހަވީރު 5 އަށް އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް އަދި 1 ޖީބީ ޑޭޓާ އެންމެ 20 ރުފިޔާއަށް ލިބިގެންދާނެކަމަށްވެސް އުރީދޫއިން ބުނެއެވެ. މި ޕެކޭޖް އެކްޓިވޭޓް ކުރުމަށް #1*1*929* އަށް ގުޅާލުމުން މިހާރުވެސް އެކްޓިވް ވާނޭކަމަށް އުރީދުން މައުލޫމާތުދެއެވެ.
މި ޕްރޮމޯޝަން ކުރިޔަށް ދާނީ 31 ޑިސެމްބަރ 2019 ގެ ނިޔަލަށް ކަމަށް އޫރިދޫއިން ހާމަކުރެއެވެ.
								
											

