މިރޭ 3 ގަޑިއިރަށް އުރީދޫ ސުޕަނެޓް ހިދުމަތްތަކަށް ބުރޫ އަރާނެ ކަމަށް އުރީދޫ މޯލްޑިވްސުން ބުނެފިއެވެ.
އުރީދޫން ބުނީ މެއިންޓެނަންސްގެ މަސައްކަތެއް ކުރަމުން ދާތީ އުރީދޫ ސުޕަނެޓް ހިިދުމަތް ހޯދާ ފަރާތްތަކަށް މިރޭ ދަންވަރު 3:00 އިން ފެށިގެން ފަތިހު 5:00 އާ ދެމެދު ބުރޫ އަރާނެ ކަމަށެވެ.
އަދި މެއިންޓެނެންސް މަސައްކަތް ކުރުމަށް މިވަގުތު ހަމަޖެއްސީ ޕްލޭނެއްގެ ދަށުން ކަމަށާއި އެ މަސައްކަތުގައި އުޅޭ އިންޖިނިއަރިން ޓީމުން ވީ އެންމެ އަވަހަކަށް މަސައްކަތް ނިންމާލާނެ ކަމަށް އުރީދޫން ބުނެއެވެ. އަދި އެ ހިދުމަތަކަށް ބުރޫ އަރާނެތީ، އުރީދޫން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ.
Due to a planned maintenance activity, customers may face intermittent difficulties in using SuperNet services on 9th Dec 2020, Wed from 3am to 5am. While our engineers are working to complete this activity at the earliest, we apologize for any inconveniences this may cause. pic.twitter.com/2MO8ZoUnwv
— Ooredoo Maldives (@OoredooMaldives) December 8, 2020
އޫރިދޫއަކީ ރާއްޖޭގައި މުަވާސަލާތީ ހިދުމަތްދޭ ކުންފުނި ތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކުންފުންޏެވެ.




