އުރީދޫއިން ވީއައިއޭގައި ބެހެއްޓި ޑިޖިޓަލް ކިއޯސްކް- ފޮޓޯ: އުރީދޫ

އުރީދޫއިން ވީއައިއޭގައި ޑިޖިޓަލް ކިއޯސްކެއް ގާއިމުކޮށްފި

ރާއްޖެ ދަތުރު ކުރާ ފަތުރުވެރިންނަށް ޚާއްޞަކޮށްގެން، އުރީދޫގެ ޚިދުމަތްތައް އަމިއްލައަށް ހޯދޭ ޑިޖިޓަލް ކިއޯސްކްއެއް، މިއަދު އުރީދޫ މޯލްޑިވްސްއިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ގާއިމްކޮށްފިއެވެ.

މިކަމަށް ހާއްސަކޮށް އުރީދޫ މޯލްޑިވްސްއިން މިއަދު ބޭއްވި ހަފްލާގައި، ފަތުރުވެރިންނަށް ޚާއްޞަ މި ކިއޯސްކް އިފްތިތާހު ކޮށްދެއްވީ، ޓުއަރިޒަމް މިނިސްޓަރ ޑރ. މައުސޫމް އަބްދުﷲއެވެ. އެ ހަފަލާގައި މިނިސްޓަރ ގެ އިތުރުން، އެމް.އޭ.ސީ.އެލް ގެ އެމްޑީ އަދި ސީއީއޯ، ގޯޑަން އެންޑްރިއު، އަދި އެމް.އެމް.ޕީ.އާރް.ސީގެ އެމް.ޑީ، ތޮއްޔިބް މުހަންމަދުގެ އިތުރުން ކޭމްގެ ޗީފް އެގްޒެކެޓިވް، އިލްޔާސް އަހްމަދު ވެސް މިހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

24 ގަޑިއިރު ހިދުމަތް ލިބޭ މި ޑިޖިޓަލް ކިއޯސްކް މެދުވެރިކޮށް ސިމްކާޑު ރަޖިސްޓްރީ ކުރުމާއި ދޫކުރުން ފަދަ ހިދުމަތް ލިބޭނެ ކަމަށާއި އަދި މި ކިއޯސްކްއަކީ މި ދުވަސްވަރު ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތަށް ވެސް މުހިންމު ހިދުމަތެއް ކަމަށް އެކުންފުނިން ވިދާޅުވިއެވެ.

ޑިޖިޓަލް ކިއޯސްކް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭ ހިދުމަތްތަކުގެ ތެރޭގައި:

  • ޓުއަރިސްޓް ސިމް ކާޑު ގަތުން
  • ބިލަށް ފައިސާ ދެއްކުން
  • ރީޗާރޖްގެ ޚިދުމަތްތައް
  • އެމް-ފައިސާ އެކައުންޓަށް ކޭޝް އިން ކުރުން
އުރީދޫ މޯލްޑިވްސްއިން މިއަދު ވީއައިއޭ ގައި ބޭއްވި ހަފްލާގެ ތެރެއިން - ފޮޓޯ: އުރީދޫ

ދާދިފަހުން އޫރީދޫ މޯލްޑިވްސްއިން “ވިޒިޓް މޯލްޑިވްސް ނައު” ގެ ނަމުގައި ވަނީ ކެމްޕެއިންއެއް ފަށަފައެވެ. މިއަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން މި އަންނަ އަހަރުގެ ކުރީކޮޅުގެ ނިޔަލަށް ކުރިޔަށް ގެންދާ މި ކެމްޕެއިންގައި އުރީދޫ އޮޕަރޭޓުކުރާ 10 ގައުމެއްގެ 117 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންނަށް ވަނީ ޓާގެޓު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ