ނެއްލައިދޫ ފާހާނަތަކުގައި ކެމެރާ ހަރުކުރި މައްސަލަ ފުލުހުން ބަލަނީ!

ހދ.ނެއްލައިދޫގައި ޢާއްމުންގެ ގޭގޭގެ ފާހާނާގައި ކެމެރާ ހަރުކުރި މައްސަލައެއް ފުލުހުން ބަލާކަމުގެ މަޢުލޫމާތު މިނޫޙަށް ލިބިއްޖެއެވެ.

ފާހާނާތަކުގައި ކެމެރާ ހަރުކުރި މައްސަލައިގައި މިއަދު ވަނީ އެރަށު އަންހެނުން ނިކުމެ ހިމޭން އިހުތިޖާޖެއް ކޮށްފައެވެ. ބޯޑުތަކާއެކު ކުރި ހިމޭން އިހުތިޖާޖުގެ ބައިވެރިން ބުނީ ފާހާނައިގަ އުޅޭވަގުތު ވީޑިއޯ ކުރުމާ ދެކޮޅު ކަމަށާއި، އެ އެމައްސަލައަށް އެކަށީގެންވާ ހައްލެއް ނުލިބޭކަމަށެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމުން ނެއްލައިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ނާޒިމް މިނޫހަށް ވިދާޅުވީ، އެކަމާ ކަންބޮޑުވުން ފާޅުކޮށް ބަޔަކު މިއަދު އެއްވި ކަމަށާއި، އެމީހުންގެ ޝުއޫރުތައް ބޯޑުތަކުގައި ލިޔެފައި ހުރި ކަމަށެވެ. ނަމަވެސް އެކަމުގެ އެއްވެސް ޝަކުވާއެއް އެ ކައުންސިލަށް ހުށަހެޅިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"މުޒާހަރާއެއް ނޫންކަމަށް އެމީހުން ބުނަނީ، ހަމަހިމޭން އެއްވުމެއް ކަމަށް ބުނެ އެކަން މިއަދު ފާހަގަކޮށްފައި ވަނީ. އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފައިހުރި ކަރުދާސްތަކެއް ހިފައިގެން." ނެއްލައިދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"އެއީ މީގެ އެއްރޭ ކުރިން ހިނގާދިޔަ ހާދިސާއަކާ ގުޅިގެން ކަމަށް ބޮޑަށް ބެލެވެނީ. އެކަންތައް އެހިނގީ. އަޅުގަނޑަށްވެސް ފެނުނީ ފޭސްބުކްގައި ޖަހާފައި ހުއްޓާ ތިމަންނަ ގޭގެ ފާހާނާ ވީޑިއޯކުރަންވެގެން އުޅުނު މީހެއްގެ ފައިވާން ކިބައޭ ކިޔާފައި، ފައިވާން ކިބައެއްގެ ފޮޓޯއާއެެކު ޖަހާފައި ހުއްޓާ." ހާދިސާގެ އިތުރު ތަފްސީލު ދެއްވަމުން ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އިތުބާރު ކުރެވޭ، މަންޒަރު ދުށް ފަރާތަކުން މިނޫހަށް ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ބުރާސްފަތި ދުވަހު ހަވީރު ފުލުހުންގެ ޓީމެއް ނެއްލައިދޫއަށް ގޮސް، މި މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ނެއްލައިދޫއިން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވާކަން މިނޫހަށް ކަށަވަރު ކުރެވިފައި ވީ ނަމަވެސް، މި މައްސަލައާއި ގުޅިގެން އެހެން ރަށަކުން މީހަކު ހައްޔަރު ނުކުރާކަން ވަނީ ސާފުވާގޮތް ނުވެފައެވެ.

މިކަމާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބު ނުދެއްވާތީވެ، ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް

2 Responses

  1. ލިމް2

    Hussain Rasheed9 hours ago
    Faahaa naaga kemeraa harukuree keeah noon mobile fonakun video kuree dhogu habaru nuliye mauloomatha ragalhah olhunfiluvaa

    މި ކޮމެންޓު އަށް އަޅުގަނޑު ވަރަށް ބޮޑަށް އިޚްތިރާމް ކުރަން.
    އެކަމަކު ހިތުގައި އުފެދުނު ސުވާލަކީ ހުސައިން ރަޝީދު އަށް ކިހިނެއް ބާއޭ އެނގުނީ ވީޑިއޯ ކުރީ މޯބައިލް ފޯނަކުން ކަމެއް ނޫނީ އެހެން އެއްޗަކުން ކަމެއް…

  2. Hussain Rasheed

    Faahaa naaga kemeraa harukuree keeah noon mobile fonakun video kuree dhogu habaru nuliye mauloomatha ragalhah olhunfiluvaa

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ