އިންޑިއާ ސިފައިންގެ ވެރިޔާ ރާއްޖޭގައި

އިންޑިއާ އަސްކަރިއްޔާގެ ޗީފް އޮފް އާރމީ ސްޓާފް، ޖެނެރަލް ބިޕިން ރާވަތު، ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ރާއްޖެ ވަޑައިގަންނަވައިފިއެވެ.

އިންޑިއާގެ އަސްކަރިޔާގެ އާމީގެ މި ދަތުރު ފުޅަކީ 6 ދުވަހުގެ މުއްދަތަށް ރާއްޖެއަށް ކުރެއްވި ދަތުރު ފުޅެކެވެ.

އިންޑިއާގެ ޗީފް އޮފް އާރމީ ސްޓާފް ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ.

އިންޑިއާގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް ބިޕިން ރާވަތު ރާއްޖެއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންނާ ވެސް ބައްދަލުކުރައްވާގޮތަށް ހަމަޖެހިފައިވެއެވެ.

އިންޑިއާގެ ޗީފް އޮފް އާރމީ ސްޓާފް ރާއްޖެއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކުއޯޓަރޒް ޅ.މާފިލާފުށީ، ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރަށް ޒިޔާރަތް ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ