މަޖިލިސް ކުރާގެ ކުރީގައި ހުންނަ ގޮތް - ފޮޓޯ: މަޖިލިސް

މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ މުއްދަތު އިތުރުކުރަން އަމުރުކޮށްފި

އަންނަ އެޕްރީލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ މުއްދަތު އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިއަދު އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކުރީ، އަންނަ މާރޗް މަހުގެ ހަތަރު ވަނަ ދުވަހާ ހަމަޔަށް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ފުރުސަތު އިތުރު ކުރުމަށެވެ.

ނަމަވެސް އެ ފުރުސަތަކީ ހަމައެކަނި ޕްރައިމަރީއެއްގައި ވާދަކޮށް ނާކާމިޔާބު ފަރާތްތަކަށް އެކަނި ހުޅުވާލަން ޖެހޭ ފުރުސަތެއް ކަމަށް ހުކުމުގައި ވިދާޅުވެފައިވެއެވެ.

މަޖިލިސް އިންތިޚާބަށް ކުރިމަތުލުމުގެ މުއްދަތު މިމަހުގެ 21 ވަނަ ދުވަހަށް ހަމަވެފައިވާއިރު، އެ ފުރުޞަތުގައި 403 ފަރާތަކުން އިންތިޚާބުގައި ވާދަކުރަން ކުރިމަތިލެއްވިއެވެ. ނަމަވެސް ޝަރުތު ހަމެވެ ބަލައިގަނެފައިވަނީ 395 ފަރާތެއްގެ ކެންޑިޑެންސީއެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު، މި ފުރުޞަތު މިގޮތަށް ހުޅުވާލުމާއެކު މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު އިތުރުވުން އެކަށީގެންވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ