ށ. ނަރުދޫގައި އަޅާ އާ އިންޖީނުގެ އިމާރާތް ކުރަން ބަޔަކާއި ހަވާލުކޮށްފިއެވެ.
މި އާ އިންޖީނުގޭގެ އެއްބަސްވުމުގައި ސޮއިކުރުން މިއަދު ފެނަކައިގައި އޮތް ރަސްމިއްޔާތެއްގައި ކުރިއަށް ގެންގޮސްފައިވާއިރު، ފެނަކައިގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދުއެވެ.
ނަރުދޫގައި އަޅާ އިންޖީނުގޭގެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭ ނިންމައި ޙަވާލުކުރުމަށް އެއްބަސްވެފައިވާއިރު، މިއިންޖީނުގެ އިމާރާތް ކުރަން ހަވާލުކޮށްފައި ވަނީ، ސީސައިޑް ޕްރައިވެޓް ލިމިޓެޑްއާއެވެ. އަދި މިމަޝްރޫއުގެ އަގަކީ 5،111،111.05 ރުފިޔާކަމަށްވެސް ފެނަކައިންވަނީ ވިދާޅުވެފައެވެ.
މިއީ މި ސަރުކާރުން އަޅަން ހަވާލު ކުރި 18 ވަނަ އިންޖީނުގެކަންވެސް ފާހަގަކޮށްލެވެއެވެ.



