ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކަށް ބައެއް ބަދަލުތައް ގެނައުމަށް ފަހު، އެހެންނަމަވެސް ބޮޑެތި ބާރުތަކާއެކު މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.
އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދީފައި ނުވާއިރު، މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 52 މެމްބަރުންގެ ވޯޓާ އެކުގައެވެ.
މި އިސްލާހްތަކާއެކު ޓެރަރިޒަމްގެ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބުނު ނަމަވެސް، 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޟިރުކުރަންޖެހެއެވެ.
މި ގާނޫނުން ޓެރަރިޒަމް ފުޅާ ދާއިރާއެއްގައި މާނަކޮށްފައިވާއިރު، ޓެރަރިޒަމްގެ ކުށަށް ވަނީ ކޮން ކަހަލަ ކަންކަމެއްކަން ތަފްސީލުކޮށްފައިވެ ޤަނޫނުގައި ބަޔާންކޮށްފައިވެއެވެ.
މި ޤާނޫނުގެ ދަށުން ޓެރަރިޒަމްގެ ކުށްތަކުގެ ތެރޭގައި މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި، ކުށްކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި، ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމާއި، މުދަލަށް ބޮޑެތި ގެއްލުން ދިނުމުގެ އިތުރުން ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން އަދި އާންމުންނަށް ނުވަތަ އާންމު ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއް ވާފަދަ ހާލަތެއް ކުރިމަތި ކުރުވުން ހިމެނެއެވެ
ހަނގުރާމައެއްގައި ބައިވެރިވުމަށް ދިއުމާއި، ހަނގުރާމަ އަށް ދިއުމަށް ހިތްވަރު ދިނުމާއި، ހަނގުރާމަ އަށް މީހަކު ފޮނުވުމާއި ހަނގުރާމަ އަށް މީހަކު ފޮނުވަން މަސައްކަތް ކުރުން ފަދަ ކަންކަމުން ވެސް މީހުން ކުށްވެރިވާނެ ކަމަށް ވެސް ބިލްގައި ބުނެފައި ވެއެވެ.





ހިޔާލު
miadhu misarukaarun beynun vaa konmegaanooneh faaskuraanan misarukaarun masehkah kuraani rahyithunnaa heyogotha rangalhugothah kanthatha kohdheyn