އެންޓި ކޮރަޕްޝަން ކޮމިޝަން (ޢޭސީސީ) ގެ ލޯގޯ - ފޮޓޯ: އޭސީސީ

އިންތިހާބީ ކޮރަޕްޝަން ހުއްޓުވަން ވަރުގަދަ ކެންޕެއިނެއް

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ކުރިއަތް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް "އިންތިހާބީ ކޮރަޕްޝަން ހުއްޓުވުން 2019" ގެ ނަމުގައި ކެންޕެއިނެއް ފަށައިފި އެވެ.

މި ކެންޕެއިން އަކީ ކޮރަޕްޝަންގެ ގެއްލުމުގެ މައްޗަށް އާންމުން ހޭލުންތެރިކުރުވާ، ދައުލަތް ހިންގުމުގައި ތެދުވެރިކަމާއި އަމާނަތްތެރިކަން ކުރިއަރުވައި، އަދި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ގުޅޭގޮތުން އާންމުކޮށް ހާމަ ކުރަންޖެހޭ ކަންކަން ހާމަކުރުމުގެ މަޤްސަދުގައި، ކުރިއަށް ގެންދާ ކެންޕެއިނެއް ކަމަށް އޭސީސީ އިން މައުލޫމާތު ދިނެއެވެ.

މި ކެންޕެއިންގެ މައިގަނޑު މަޤްސަދަކީ އިންތިހާބު ތެރޭގައި ހިނގާފާނެ ކޮރަޕްޝަންގެ އަމަލުތަކާއި ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުވުމާއި، އިންތިހާބުގައި ނަޒާހަތްތެރިވުމަށާއި، ނަޒާހަތްތެރި ކެންޑިޑޭޓެއް އިހްތިޔާރުކުރުމަށް ބާރުއެޅުން ކަމަށްވެސް އޭސީސީ ވިދާޅުވިއެވެ.

އޭސީސީ އިން ވިދާޅުވީ މި ކެންޕެއިންގެ ތެރެއިން ހޭލުންތެރިކުރުމުގެ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށާއި، މިގޮތުން ޓީވީ ޗެނަލްތަށް މެދުވެރިކޮށް އިންތިހާބީ ކޮރަޕްޝަން ހުއްޓުވުމާ ބެހޭ މައުލޫތަކަށް މައުލޫމާތު ދިނުމާއި، މިސްމީޑިއާ މެދުވެރިކޮށް ހޭލުންތެރިކުރުމުގެ ތަފާތު މެސަޖުތަށް ގެނެސްދިނުމުގެ އިތުރުން އިންތިހާބީ ކޮރަޕްޝަނާއި ގުޅޭގޮތުން ވީޑިއޯ ސްޕޮޓް ތައްޔާރުކޮށް ރާއްޖޭގެ އެކިއެކި ޓީވީތަކުން ދެއްކުން ހިމެނޭކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ ބިތުފަންގި ރޭޑިއޯ ޕްރޮގްރާމްގައި އިންތިހާބީ ނަޒާހަތްތެރިކަމާއި، އިންތިހާބީ ކޮރަޕްޝަން ހުއްޓުވުމަށް ހާއްސަ ޕްރޮގުރާމް ތަކެއް ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭސީސީން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ