އަލިފާނުގެ ހާދިސާތައް މަދުކުރުމަށް ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސް ކޮށްފި

އަލިފާނުގެ ހާދިސާތައް މަދުކުރުމަށް ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތުމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އިލްތިމާސް ކޮށްފިއެވެ.

އިމްރާން މިހެން ވިދާޅުވެފައިވާއިރު މިފަހަކަށް އައިސް މާލޭގައި އަލިފާނުގެ ނުރައްކާތެރި އެތަށް ހާދިސާވަނީ ހިނގާފައެވެ. އެގޮތުން މިއަދުވެސް މާލޭ ޓީޖެޓީ ސަރަޙައްދުގައި ހިނގި އަލިފާނުގެ ހާދިސާގައިވެސް ނުވަ މީހަކަށްވަނީ އަނިޔާވެފައެވެ.

އަދި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ކޮންޓްރޯލް ކުރުމުގައި ޙަރަކާތްތެރިވި ފުލުހުންނަށާއި، އެމްއެންޑީއެފްގެ އޮފިސަރުންގެ އިތުރުން އާންމު ފަރާތްތަކަށްވެސް އިމްރާންވަނީ ޝުކުރު ދައްނަވާފައެވެ.

"މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގިޔަ ނުދިނުމަށް ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު ސަލާމަތީ ކަންކަމަށް ހުރިހާ ފަރާތްތަކުން ސަމާލުކަން ދެއްވުންއެދެން." އިމްރާން ވިދާޅުވިއެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން މާލޭ ހެންވޭރުގައި އަލިފާނުގެ ނުރައްކާތެރި ބޮޑު ހާދިސާއެއް ހިނގާފައިވާއިރު، އެހާދިސާގައި އެކަކު ނިޔާވެ ހަތް އިމާރާތްވަނީ އަނދާ ހުލިވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ