ތިން ރަށެއްގެ ބިންހިއްކުމުގެ މަޝްރޫއު ޑިޒައިންކޮށް އީއައިއޭ ހަދަން ވޯޓަރ ސޮލިއުޝަނަށް

ފ.މަގޫދޫ، ފ.ފީއަލި އަދި ދ.މާއެނބޫދޫގެ ބިންހިއްކުމުގެ މަޝްރޫއު ޑިޒައިންކޮށް އީއައިއޭ ހަދަން 599،112.00ރ (ފަސްލައްކަ ނުވަދިހަ ނުވަހާސް ސަތޭކަ ބާރަ ރުފިޔާ) އަށް ވޯޓަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފިއެވެ.

ފ.މަގޫދޫ، ފ.ފީއަލި އަދި ދ.މާއެނބޫދޫގެ ބިންހިއްކުމުގެ މަޝްރޫއު ޑިޒައިންކޮށް އީއައިއޭ ހަދަން ވޯޓަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފައިވަނީ 63 ދުވަހުން ނިންމުމަށެވެ.

މި އެއްބަސްވުންތަކުގެ ދަށުން ފ.މަގޫދޫ، ފ.ފީއަލި އަދި ދ.މާއެނބޫދޫގެ ބިންހިއްކުމުގެ މަޝްރޫއަށް ބޭނުންވާ ޑީޓެއިލްޑް ޑިޒައިނާއި އެންވަޔަރަމެންޓަލް އިންޕެކްޓް އެސެސްމެންޓް (ޢީއައިއޭ) ތައްޔާރުކުރެވިގެންދާނެއެވެ.

މި އެއްބަސްވުުންތަކުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ ޕަރމަނެންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ. އަދި ވޯޓަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ފަރުހަތު ޖަމީލެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ