ގއ.ދާންދޫ، ގދ.މަޑަވެލި، ސ.މަރަދޫ އަދި ސ.މަރަދޫފޭދޫގެ ބިންހިއްކުމުގެ މަޝްރޫއު ޑިޒައިންކޮށް އީއައިއޭ ހަދަން 792،880.00ރ (ހަތްލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ އަށްޑިހަ ރުފިޔާ) އަށް މޯލްޑިވްސް އެނާރޖީ އެންޑް އެންވަޔަރަމެންޓް ކޮމްޕެނީ (މީކޯ) އާއި ހަވާލުކޮށްފިއެވެ.
މި ހަތަރު ރަށުގެ ބިންހިއްކުމުގެ މަޝްރޫއު ޑިޒައިންކޮށް އީއައިއޭ ހަދަން މޯލްޑިވްސް އެނާރޖީ އެންޑް އެންވަޔަރަމެންޓް ކޮމްޕެނީ (މީކޯ) އާއި ހަވާލުކޮށްފައިވަނީ 60 ދުވަހުން ނިންމުމަށެވެ.

މި އެއްބަސްވުންތަކުގެ ދަށުން ގއ.ދާންދޫ، ގދ.މަޑަވެލި، ސ.މަރަދޫ އަދި ސ.މަރަދޫފޭދޫގެ ބިންހިއްކުމުގެ މަޝްރޫއަށް ބޭނުންވާ ޑީޓެއިލްޑް ޑިޒައިނާއި އެންވަޔަރަމެންޓަލް އިންޕެކްޓް އެސެސްމެންޓް (ޢީއައިއޭ) ތައްޔާރުކުރެވިގެންދާނެއެވެ.
މި އެއްބަސްވުުންތަކުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ ޕަރމަނެންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ. އަދި މީކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެސިސްޓެންޓް ޑިރެކްޓަރ މަޢުމޫން ސަލީމެވެ.