ދުނިޔޭގެ އެއްވެސް އެދުމެއްނެތި އަމިއްލަ ކިޑްނީ ހަދިޔާކުރަން ތައްޔާރަށް ހުރިކަން ދިވެހި ޒުވާނަކު މީސްމީޑިއާގައި އިއުލާން ކޮށްފިއެވެ.
ކިޑްނީ ހަދިޔާކުރަން ތައްޔާރަށް ހުންނެވިކަން މީގެ ދެތިން ގަޑިއިރު ކުރިން މީސްމީޑިއާގައި އިއުލާން ކޮށްފައިވަނީ، އައްޑޫ ސިޓީ ހުޅުދޫއަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ އަހުމަދު ފިރާޒްއެވެ.
ފޭސްބުކްގައި ފިރާޒް ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ، އެއް ކިޑްނީ ހަދިޔާކުރަން ނިންމާފައިވަނީ، އިންސާނިއްޔަތަށްޓަކައި، ﷲ ގެ ހަޟްރަތުން ދަރުމައާއި ސަވާބަށް އެދިގެން ކަމަށެވެ.
"މިދުނިޔޭގެ އެއްވެސް އެދުމެއް ނެތި އިންސާނިއްޔަތަކަށްޓަކައި، ކިޑްނީ ބޭނުންވެފައިވާ މީހަކަށް ﷲ ގެ ހަޟްރަތުން ދަރުމައާއި، ސަވާބަށް އެދި މަގޭ އެއް ކިޑްނީ ހަދިޔާކޮށްފާނަން..! މިކަން ކުރަން ނިންމީ ކޮންމެ ދުވަހަކު ކިޑްނީއަށް އެދި އެކި މީހުން އާދޭސްކުރާތަން ފެނުނީމަ ހިތައް ކެތްނުވެގެން." ފިރާޒް ބުންޏެވެ.
Mi dhuniey ge Ehves Edhumeh nethi insaaniyathah takaa kidney beynun vefa vaa meehakah Allah ge hazrathun dharuma aa...
Posted by Ahmed Firax on Tuesday, 1 October 2019
ފިރާޒް ބުނީ، ކިޑްނީ ހަދިޔާކުރަން ނިންމިކަން އިއުލާން ކުރިތާ ގަޑިއެއްހާއިރުގެ ތެރޭގައި 40 އަށްވުރެ ގިނަ މީހުން ގުޅި ކަމަށާއި، އޯ ޕޮޒިޓިވް ލޭ ހުންނަ، މެޗްވާ ކޮންމެވެސް މީހަކަށް އެއް ކިޑްނީ ހަދިޔާ ކުރާނެ ކަމަށެވެ.
އަދި ކައިވެންޏެއް ކޮށްފައި ނުވާ ފިރާޒް ބުނީ، ކިޑްނީ ހަދިޔާ ކުރަން ނިންމީ އެކަމުގެ މައުލޫމާތު ހޯދައި ބެލުމަށް ފަހު އެއީ އެއްވެސް ނުރައްކަލެއް އޮތް ކަމެއް ނޫންކަން ޔަގީން ކުރުމަށް ފަހުއެވެ.
ކިޑްނީ ހަދިޔާ ކުރަން ޖެހިލުންވާ މީހުން ގިނަ ނަމަވެސް، ރަނގަޅު ސިއްހަތެއްގައި ހުންނަ މީހުން އެއް ކިޑްނީ ހަދިޔާ ކުރިނަމަވެސް ރަނގަޅު ސިއްހަތެއްގައި އުޅެވޭނެ ކަމަށް ޑޮކްޓަރުން ބުނެއެވެ.



