އިންސާނިއްޔަތަކަށްޓަކައި ކިޑްނީ ހަދިޔާކުރަން ތައްޔާރަށް ހުންނެވިކަމަށް މަޝްހޫރު ނެށުންތެރިޔާ ޢަލީ ޝާހިދު (ސްޓެޕް އައްޔަ) ބުނެފިއެވެ.
ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ސްޓެޕް އައްޔަ ބުނީ، މާދަމާވެސް މަރުވެދާނެ ކަމަށާއި، ކުރޮސްމެޗް ދިމާވާނަމަ، ކިޑްނީދޭން ތައްޔާރަށް ހުންނެވި ކަމަށެވެ.
"ކުރޮސްމެޗް ދިމާވަންޔާ ކިޑްނީދޭން ތައްޔާރު، މާދަމާވެސް މަރުވެދާނެ. އިންސާނިއްޔަތަށްޓައި ކިޑްނީ ހަދިޔާ ކުރުން އުފަލަކަށް ހަދަމާތޯ ❤ މާތް ﷲ ވޮޑިގެންވަނީ އިހްސާންތެރިންނާ އެކު." ސްޓެޕް އައްޔަ ބުނެފައިވެއެވެ.
ކުރޮސްމެޗް ދިމާވަންޔާ ކިޑްނީދޭން ތައްޔާރު މާދަމާވެސް މަރުވެދާނެ އިންސާނިއްޔަތަށްޓައި ކިޑްނީ ހަދިޔާ ކުރުން އުފަލަކަށް ހަދަމާތޯ ❤ މާތް ﷲ ވޮޑިގެންވަނީ އިހްސާންްތެރިންނާ އެކު
Posted by Ali Shahid Step Ayya on Tuesday, October 1, 2019
ނެށުމާއި، ފިލްމީ ދާއިރާއިން ފެންނަމުންދާ ސްޓެޕް އައްޔަ މިހާރަކަށް އައިސް ސިޔާސީ ދާއިރާއިންވެސް ފެނެއެވެ.
ސްޓެޕް އައްޔަ ކިޑްނީ ހަދިޔާކުރަން ތައްޔާރަށް ހުންނެވިކަމަށް ބުނިއިރު، އައްޑޫ ސިޓީ ހުޅުދޫއަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ އަހުމަދު ފިރާޒްވެސް ވަނީ ކިޑްނީ ހަދިޔާކުރަން ތައްޔާރަށް ހުންނެވިކަމަށް އިއްޔެ ބުނެފައެވެ.




