ޑޮކްޓަރ އަފްރާޝީމް ޢަލީ

އަފްރާޝީމް އަވަހާރަކޮށްލަން ރޭވި މީހުންގެ މައުލޫމާތު ހާމަ ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު, ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލަން ރޭވި މީހުންގެ މައުލޫމާތު، ހަފްތާއެއްގެ ތެރޭގައި ހާމަކުރައްވާނެކަމަށް، މަރާލާފައިވާ މީހުންގެ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

މަރާލާފައިވާ މީހުންގެ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ރައީސް ހުސްނުއްސުޢޫދު ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގެ ތަފްސީލް އާއްމު ކުރައްވާނެ ކަމަށާއި، އޭގެ ތެރޭގައި، އަފްރާޝީމް މަރާލުމުގައި ބައިވެރިވި މީހުންނާއި، އެކަން ކުރަން ރޭވި މީހުންގެ މައުލޫމާތުވެސް ހިމެނޭ ކަމަށެވެ.

އަފްރާޝީމް ޢަލީގެ މަރުގެ ހަޤީޤަތް ހާމަކުރަން ތައްޔާރުވެފައިވާކަމަށް މަރު ކޮމިޝަނުގެ ރައީސް ވިދާޅުވިއިރު، އެ ތަޙްޤީޤުގެ 90 އިންސައްތަ ނިމިފައިވާކަމަށް، ނިމުނު ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ރައީސް ޞޯލިޙް ވަނީ ވިދާޅުވެފައެވެ.

ޑޮކްޓަރ އަފްރާޝީމް ޢަލީ އަވަހާރަކޮށްލާފައިވަނީ ކަތިވަޅިން ޙަމަލާދީ، ގޭގެ ސިޑިގޮޅީގެ ތެރޭގައި، 2012 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައެވެ.

ހުސްވި ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު މަރުތައް ތަޙްޤީޤުކުރާ ކޮމިޝަނުން ވަނީ ރިޟްވާން މަރާލި މައްސަލައިގެ ގިނަ ތަފްސީލުތަކެއްވެސް ހާމަކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

2 Responses

  1. އަންބިލީވް

    ދީނަށް ފުރައްސާރަ ކުރާމީހުންގެ ވާހަކަ އޮތްބާލަން މީޑިއާ ސްޓަންޓް ޖައްސަން މަސައްކަތް ނުކުރައްވާ ތިމީހުންގެ ވާހަކަ ކުރިންވެސް އޮތީ މީޑިއާ އަށް ތިލަވެފައި

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ