ކުރީގެ ރައީސް މުޙައްމަދު ނަޝީދު

ރައީސް ނަޝީދު ސްޕްރީމް ކޯޓުގެ ހުކުމަށް ގޮންޖައްސަވައިފި

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މިއަދު ހެނދުނު ކުރެއްވި ހުކުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ގޮންޖައްސަވައިފިއެވެ.

ސްޕްރީމް ކޯޓުގެ ހުކުމަށް ނަޝީދު ގޮންޖައްސަވާފައިވަނީ އެމަނިކުފާނު ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.

ނަޝީދު ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރުމަކީ ސްޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވިއިރު، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މިއަދު ހެނދުނު ހުކުމް ކުރެއްވީ ޕްރައިމަރީގައި ބަލިވިޔަސް މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު އޮންނަންޖެހޭނެ ކަމަށާއި، އެކަމަށް ހުރަސްއެޅޭ ޤާނޫނުގެ މާއްދާ ބާތިލު ކަމަށެވެ. އަދި އެކަމަށް ޖާގަ ދިނުމުގެ ގޮތުން އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމައަށް ވާދަކުރުމަށް ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުމަށްވެސް އީސީގެ މައްޗަށް އެ ހުކުމުގައި އަމުރުކޮށްފައިވެއެވެ.

ނަޝީދު ވިދާޅުވީ، ރާއްޖޭގެ ކޯޓްތަކުގެ އަގު ވެއްޓި، އިތުބާރު ގެއްލޭ އެންމެ ބޮޑު އެއް ސަބަބަކީ ކޯޓުތަކުން ނުފޫޒު ފޯރުވާތީ ކަމަށެވެ.

"ރާއްޖޭގެ ކޯޓުތަކުގެ އަގުވެއްޓި އިތުބާރު ގެއްލިދާ އެންމެ ބޮޑު އެއް ސަބަބަކީ ކޯޓުތަކުން ކޯޓުތަކުން އިންތިޚާބުތަކަށް ނުފޫޒު ފޯރުވާކަމުން. 19 ވަނަ މަޖިލީހުގެ އިންތިޚާބުގެ ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމަކީ ސްޕްރީމް ކޯޓަށް އަމުދުން ކުރެވޭނެ ކަމެއް ނޫން." ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ނަޝީދު ވަނީ މިކަމާ ގުޅިގެން އިނގިރޭސި ބަހުންވެސް ޓްވީޓެއް ކުރައްވާފައެވެ.

https://twitter.com/MohamedNasheed/status/1099964022621782016

މަޖިލިސް އިންތިޚާބަށް ވާދަކުރަން އިތުރު ފުރުޞަތު ދޭން ސްޕްރީމް ކޯޓުން އަމުރުކުރިއިރު، އެކަން އެގޮތަށް ނުކުރެއްވޭނެ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް، އެ ހުކުމާ ގުޅިގެން އީސީގެ ރައީސް ވިދާޅުވީ އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމައަށް އެ މުއްދަތު އިތުރުކުރި ނަމަވެސް ކަނޑައެޅިފައިވާ ތާރީޚްގައި އިންތިޚާބު ބާއްވާނެ ކަމަށެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 6 ވާ ހޮނިހިރު ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް