އެއްމެނަށް ރީތިވި، "ޓޯކިއޯ"!

އެއްދުވަސްވަރެއްގައި "ގޭމް އޮފް ތްރޯންސް"ގެ އަވައިގައި ޖެހި ، ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި އެކި ފޭން ޕޭޖުތައް ހަދާ، އަދި އެ ސީރީޒްގެ ތަރިންނަށް ޒުވާނުންތައް ހިތްކިޔައިގެން އުޅުނު ދުވަސްވަރެއްވެސް ދިޔައެވެ. އެހެންނަމަވެސް މިހާރު އެންމެ ގަދަޔަށް ސޯޝަލް މީޑިއާގައި ދެކެވޭނެ އެއްވާހަކައަކަށް، ނެޓްފްލިކްސްގެ ސްޕެނިޝް ސީރީޒް "މަނީ ހައިސްޓް" ވާނެއެވެ. ހަމައެއާއެކު މި ސީރީޒްގެ "ޓޯކިއޯ"ގެ ކެރެކްޓާ ކުޅެދޭ ސްޕެނިޝް އެކްޓްރެސް އަކީ ފިރިހެންކުދިންގެ އެންމެ ފޭވަރިޓެވެ.

މަނީ ހައިސްޓްގައި "ޓޯކްއޯ"ގެ ކެރެކްޓާ ކުޅެމުން އަނަން މި އެކްޓްރެސްގެ އަސްލު ނަމަކީ "އުރްސުލާ ކޮރްބެރޯ ޑެލްގާޑޯ"އެވެ. މި ސީރީޒްގައި އޭނަ ފެނިގެންދަނީ ވަރަށް ވަރުގަދަ އަދި ޖެހިލުން ކުޑަ ކެރެކްޓާއަކުންނެވެ. ގިނަ ފިރިހެންކުދިންގެ ފޭވަރިޓަކަށް މި އެކްޓްރެސް ވެގެން އުޅޭ ސަބަބަކީވެސް މިއީކަމުގައިވެދާނެއެވެ.

އިޝްތިހާރުތަކުން އެންމެ ފުރަތަމަ ފެނިގެންދިޔަ މި އެކްޓްރަސްގެ އެކްޓިން ކެރިއަރު ފަށާފައިވަނީ، 2002 ވަނަ އަހަރު އާނަ ކުޅުނު ފުރަތަމަ "މިރަލް ޓްރެންކެޓް" ނަމަކަށް ކިޔާ ސްޕެނިޝް ސީރީޒްއަކުންނެވެ. އޭގެ ފަހުންވެސް ގިނަ ސީރީޒްތަކަކުންވެސް އުރުސުލާ ފެނިގެންގޮސްފައިވާއިރު، އޭނަގެ އެންމެ މަގުބޫލު ސީރީޒްއަކީ، "ފިޒިކާ އޯ ކޯއިމިކާ" ނަމަކަށް ކިޔާ ސްޕެނިޝް ސީރީޒްއަކުންނެވެ.

ގިނަ ސީރީޒްތަކަކުން މި އެކްްޓްރެސް ފެނިގެންގޮސްފައިވާއިރު، އޭނާ ވަނީ ބައެއް ފިލްމްތަކުގައިވެސް މަސައްކަތްކޮށްފައެވެ. އޭގެތެރެއިން 2013 ވަނަ އަހަރު ގެނެސްދިން ކޮމެޑީ ފިލްމް، އިނގިރޭސި ބަހުންނަމަ "ހައު ޓު ސަވަވް އަ ހެން" ޕާޓީ ވަނީ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. އޭގައި ޓޯކިޔޯ އަދާކޮށްފައިވާ ރޯލަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވާއިރު، ފިލްމަށް ކްރިޓިކްސް އިންވެސް ވަނީ ވަރަށް ޕޮސިޓިވް ފާޑުކިޔުމެއް ކިޔާފައެވެ.

ޓޯކިއޯގެ ކާމިޔާބީތަކަށް ބަލާއިރު، ދުނިޔޭގެ މަޝްހޫރު މެގަޒިންއެއްކަމުގައިވާ "މެންސް ހެލްތް" އިން 2014 ވަނަ އަހަރު ވަނީ، ވޮމެން އޮފް ދި އިޔާ ގެ އެވޯޑުވެސް އޭނައަށް ލިބިފައެވެ. އަދި މީގެ އިތުރުންވެސް އެހެނިހެން އެވޯޑުތައް މި އެކްޓްރެސްއަށް ވަނީ ލިބިފައެވެ.

އުރުސުލާގެ އެންމެ ބޮޑު ކާމިޔާބީއަކީ، 2017 ވަނަ އަހަރު ރިލީޒްކުރި "މަނީ ހައިސްޓް" ގެ ލީޑު ރޯލު ކުޅެން ލިބުމެވެ. މީގައި ކުޅެފައިވާ ރޯލަށް ގިނަބަޔެއްގެ ތަރުހީބު ލިބެމުންއަންއިރު، އޭނަ ރީތިކަމުގެ ވާހަކައަކީ މީސްމީޑިއާގައިި އެންމެ ގަދަޔަަށް ދެކެވޭ އެއް ވާހަކައެވެ.

View this post on Instagram

Kissed by the sun ?

A post shared by Úrsula Corberó ? (@ursulolita) on

މަނީ ހައިސްޓް، ސްޕެނިޝް ބަހުން ނަމަ "ލަ ކާސާ ދި ޕަޕޭލް" ގެ 3 ވަނަ ސީޒަން މިހާރު ނިމިފައިވާއިރު، މި ސީރީޒްގެ 4 ވަނަ ސީޒަންގެ ޝޫޓިން މިހާރު ވަނީ ނިމިފައެވެ. ބެލެވޭ ގޮތުގައި 4 ވަނަ ސީޒަން ގެނެސްދޭނީ ދެން އަންނަ އަަހަރުއެވެ.

ދިވެހިންގެ ތެރޭގައިވެސް "މަނީ ހައިސްޓް" ސީރީޒް މަގުބޫލުވެގެންގޮސްފައިވާއިރު، މީސްމީޑިއާގައި މި ސީރީޒްއަށް ދިވެހި ފޭން ޕޭޖް އެއްވެސް ވަނީ މިހާރު ހަދާފައެވެ. އަދި ގިނަ ދިވެހި ޒުވާން ފިރިހެންކުދިންނަށްވެސް މި ސީރީޒް އިން އެންމެ ކަމުދާ ނުވަތަ އެންމެ ރީތިވި ތަރިއަކީ "ޓޯކިއޯ" އޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ