ހދ. ވައިކަރަދޫގައި މަސްމާރުކޭޓްގެ އިމާރާތް ހެދުމުގެ މަސައްކަތް، ވައިކަރަދޫ ކައުންސިލްގެ އިދާރާއިން ހުށަހަޅާ ބީ.އޯ.ކިޔު އާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެކައުންސިލުން މިއަދު އިޢުލާނުކޮށްފިއެވެ.
ވައިކަރަދޫ ކައުންސިލްއިން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ އެ އިދާރާއިންދޭ ބީ.އޯ.ކިޔުއާ އެއްގޮތަށް އަމިއްލަ ތަކެތީގައި މަސްމާރުކޭޓު އިމާރާތް ކުރުމުގެ މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 21 އޮކްޓޫބަރު 2019 ވާ ހޯމަ ދުވަހު 11:00 އަށް އެ ކައުންސިލްގެ އިދާރާއަށް އަންދާސީ ހިސާބު ހުށައެޅުމަށެވެ.
މި މަސައްކަތާއި ގުޅެ މަޢުލޫމާތު ސާފުކުރުން ކުރިޔަށް ދާނީ 14 އޮކްޓޫބަރު 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި ހަމަ އެ ކައުންިސލްގެ އިދާރާގައެވެ.
މި މަސައްކަތާ ބެހޭގޮތުން މަޢުލޫމާތު ދިނުމާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމާބެހޭ ގޮތުން އެ ކައުންސިލުން ޢަމަލުކުރާނެ ގޮތް ތިރީގައި އެވަނީއެވެ.
- މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނީ، ކަނޑައެޅިފައިވާ ގަޑީގެ ކުރިން ނުވަތަ ކަނޑައެޅިފައިވާ ގަޑިއަށް ޙާޟިރުވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
- މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލްކުރެވޭނީ އެފަރާތް އެކަންޏެވެ. ނުވަތަ އެފަރާތް އެބައްދަލުވުމަށް ފޮނުވި ފަރާތަށް އެކަންޏެވެ.
- މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތަކީ އަމިއްލަ ވިޔަފާރިއެއް ނަމަ، ނުވަތަ ޕާޓްނަރޝިޕެއް ނަމަ، ނުވަތަ ޕްރައިވެޓް ނުވަތަ ޕަބްލިކް ކުންފުންޏެއް ނަމަ، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ، ނުވަތަ އެނޫންވެސް ޤާނޫނީ ޝަޚްޞެއް ނަމަ، އެފަރާތުގެ ނަމުގައި ފޮނުއްވާ ފަރާތަށް އެކަން އެނގޭނެ ލިޔުމެއް ދެއްވައި، އެ ލިޔުން އެ ބައްދަލުވުންތަކަށް ހުށަހަޅުއްވަން ވާނެއެވެ. އަދި އެ ލިޔުމާއެކު، އެ ފަރާތުގެ ރަޖިސްޓްރީ ސެޓްފިކެޓްގެ ކޮޕީއަކާއި، އެފަރާތުގެ ނަމުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއްވެސް ހުށަހަޅުއްވަން ވާނެއެވެ.
- މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށާއި، އަންދާސީހިސާބު ހުށަހަޅަން ކަނޑައެޅިފައިވާ ގަޑީގެ ފަހުން އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.



