"ވޯ", ގިނަ ރެކޯޑްތަކަކާއެކު ތާރީހުގެ ތެރެއަށް!

މިމަހުގެ 2 ވަނަ ދުވަހ ރިލީޒްކުރި ޓައިގާ ޝްރޮފް އަދި ރިތިކް ރޯޝަން އެކުގައި ފެނިގެންދިޔަ ފިލްމް "ވޯ" ބޮކްސް އޮފީހުގެ ގިނަ ރިކޯޑްތަކެއް މުގުރާލައިފިއެވެ. މިއީ ރިތިކް އަދި ޓައިގާ އެކުގައި ފެނިގެންދިޔަ ފުރަތަމަ ފިލްމެވެ.

ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު އެ ފިލްމަށް 53.35 ކުރޯޑުގެ އާމްދަނީއެއް ލިބިފައިވާއިރު، ފިލްމް އެޅުވި ފުރަތަމަ ދެ ދުވަހުން ފިލްމަށްވަނީ 75 ކްރޯޑްގެ އާމްދަނީއެއް ލިބިފައެވެ. އަދިއަންނަ ހަފްތާތެރޭ މި ފިލްމަށް 100 ކުރޯޑުގެ އާމްދަނީ ލިބޭނެއެވެ.

ވާ ވެގެން ގޮސްފައިމިވަނީ، ބޮލީވުޑްގެ ފިލްމްތަކުގެ ތެރެއިން ފިލްމް އެޅުވި ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށެވެ. މީގެ ކުރިން މި މަގާމުގައި އޮތީ އާމިރު ހާން ލީޑު ރޯލުން ފެނިގެންދިޔަ ތަގްސްއޮފް ހިންދުންސްތާނެވެ.

މީގެ އިތުރުން ރިތިކް އާއި ޓައިގާގެ ފިލްމުތަކުގެ ތެރެއިންވެސް ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަކަށް "ވޯ ވެގެން ގޮސްފައިވާއިރު، ޗުއްޓީ ދުވަސްވަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިންވެސް ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަކީ "ވޯ" އެވެ.

މިއަހަރު ރިލީޒްކުރި އެންމެ ކާމިޔާބު ފިލްމް އެވެންޖާސް އެންޑް ގޭމް، އިންޑިއާގައި ރިލީޒްކުރި ފުރަތަމަ ދުވަހުން ލިބުނު އާމްދަނީގެ ރިކޯޑްވެސް "ވޯ" މުގުރާލާފައިވާއިރު، ސަލްމާން ހާންގެ ބާރަތުގެ ފިލްމް އޯޕެނިންއަށް ލިބުނު އާމްދަނީވެސް "ވޯ" މުގުރާލާފައެވެ، އަދި ޔަޝް ރާޖް ފިލްމު ކުންފުނިން އުފެއްދި މި ފިލްމަކީ އެކުންފުނިންވެސް މިހާތަނަށް އުފެއްދި ފިލްމްތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށެވެ.

މި ފިލްމްގެ ކާމިޔާބީތައް ފިލްމްގެ ޓީމުންވެސް މިހާރު ފާހަގަކުރަމުން އަންނައިރު، ރިތިކް އަދި ޓައިގާ ވަނީ، އަލަށް ފިލްމްގެ ޕްރޮމޯޝަންގެ ސްޓޭޖް މަދިން ދިމާވެފައެވެ. މީގެ ކުރިން ފިލްމްގެ ޕްރޮމޮޝަން ތަކުން މި ދެތަރިން ނުފެނުނީ، ފިލްމްގައި ދެ ތަރިން ދެ ހަތުރުންގެ ގޮތުގައި ފެނިގެންދާތީއެވެ.

ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގެ އަންހެން ލީޑުން ފެނިގެންދާ ބަތަލަކީ ވާނީ ކަޕޫރެވެ. ފިލްމުގެ ޕްރޮޑިއުސަރަކީ އަދިތިޔާ ޗޯޕްރާއެވެ.

"ވޯ" އަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މި ފިލްމުން ރިތިކް އާއި ޓައިގާ ފެނިގެންދަނީ ދެ ދުޝްނަންގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ