"ސަތިިޔަމޭވް ޖަޔަތޭ" ގެ ދެވަނަ ބައި އަންނަ އަހަރު!

2018 ވަަނަ އަހަރު ރިލީޒްކުރި ހިންދީ ފިލްމް "ސަތިިޔަމޭވް ޖަޔަތޭ" ގެ ކާމިޔާބީއަށް ފަހު ފިލްމްގެ ދެވަނަ ބައެއް ގެނެސްދޭނެ ވާހަކަތައް ފެތުރިފައިވަނިކޮށް، ފިލްމް ގެ ދެވަނަ ބައި އަންނަ އަހަރު ރިލީޒްކުރާނެ ކަން އިއުލާންކޮށްފިއެވެ.

ޖޯން އަބްރަހަމް ލީޑު ރޯލުން ފެނިގެންދިޔަ މި ފިލްމަކީ ވަރަށް ތާފާތު ވާހަކައެއްގެ މައްޗަށް ބިނާކޮށް ގެނެސްދީފައިވާ މޮޅު ފިލްމެކެވެ. ފިލްމްގެ ދެވަނަ ބައިންވެސް ޖޯން އަބްރަހަމް ފެނިގެންދާއިރު، ދެވަނަ ބައިގެ ޕޯސްޓަރުވެސް މިހާރު ވަނީ ދައްކާލާފައެވެ.

"ސަތިިޔަމޭވް ޖަޔަތޭ 2" ގެ ޕޯސްޓަރު ޖޯން އަބްރަހަމްގެ ޓްވީޓަކުން ބެލުންތެރިންނަށް ދައްކާލައިފައިވާއިރު، ޕޯސްޓަރުން ފެންނަނީ، އިންޑިއާގެ ޕޮލިސް ޔުނީފޯމެއްގައި ހުންނަތަނެވެ. އަދި މޭމައްޗާއި ދިމާލުން ޔުނިފޯމް ވީދާލާތަނާއި އަދި މޭމަތިން އިންޑިޔާގެ ދިދަ ފެނިގެންދާ މަންޒަރު ޕޯސްޓަރުން ފެނެއެވެ.

މިފަހަރުގެ ފިލްމްގެ ލީޑު ބަތަލާއެއްގެ ގޮތުގައި ފެނިގެންދާނީ މި ފިލްމްގެ ޕްރޮޑިއުސަރ ބޫޝަން ކުމާރުގެ އަންހެނުން ޑިވްޔާ ކޯޝަލް ކުމާރެވެ. ޑިވްޔާ ވަނީ މީގެ ކުރިން ހިންދީ ފިލްމް "ޔާރިޔާން" ޑައިރެކްޓްވެސް ކޮށްދީފައެވެ.

"ސަތިިޔަމޭވް ޖަޔަތޭ" ގެ ފުރަތަމަ ބައިގެ ވާހަކަ ބިނާވެފައިވަނީ، ފުލުހުންގެ ތެރޭގައި އޮންނަ ކޮރަޕްޝަންގެ މައްޗަށެވެ. އަދި ފިލްމްގެ ޓީމުން ހާމަކޮށްފައިވާގޮތުގައި، ފިލްމްގެ ދެވަނަ ބައިވެސް ފުރަތަމަ ބައެކޭ އެއްގޮތަށް ޝައުގުވެރިވާނެއެވެ.

"ސަތިިޔަމޭވް ޖަޔަތޭ 2" ރިލީޒްކުރާނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު 2 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ