އުރީދޫ ކަލަ ރަންގައި ރަޖިސްޓްރީވާން ހުޅުވާލައިފި

އަންނަ ނޮވެމްބަރު މަހުގެ 29 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ކަލަ ރަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަން، މައި އުރީދޫ ބޭނުން ކޮށްގެން މިހާރު ރަޖިސްޓްރީ ކުރެވޭނެ ކަމަށާއި، ރަޖިސްޓްރީވާ މީހުންނަށް ދުވުމުގެ ކިޓް އެ ކުންފުނީގެ "މޫލީ" މެދުވެރިކޮށް ޑެލިވަރީ ކޮށްދޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

މޫލީ އަކީ އޮންލައިން ވިޔަފާރި ކުރުމަށް އުރީދޫން ތައާރަފް ކުރި ހިދުމަތެކެވެ.

އުރީދޫ ކަލަ ރަން އަންނަ މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ ދުވަހު ހެނދުނު ގުޑި މަހާ ސަމާއަކާއި ރޭގަނޑު މިއުޒިކް ޝޯއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދުވުން ނިމުމުން އެންމެ އެންޓަޓެއިނިން ދުވުންތެރިޔާ އަދި އެންމެ ފެންސީ އަންހެން އަދި ފިރިހެން ދުވުންތެރިޔާ ފަދަ ވަނަތައް ހޮވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މިއީ ދުވުން އިތުރަށް ޝައުގުވެރިކުރުވުމަށް އުރީދޫން ހޮވާ ވަނަތަކެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ