ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމްއިއްޔާ ޖަމާޢަތްތަކުން، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނުތަކާއި، ގަވާއިދުތަކަށް އިޙްތިރާމްކުރުމަށް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން ގޮވާލައިފިއެވެ.
ޔޫތް މިނިސްޓްރީން މިހެން ވިދާޅުވެފައިވަނީ، މޯލްޑިވިއައަން ޑިމޮކްރަސީ ނެޓްވޯކުން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅީިގެން ޔޫތް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައެވެ.
ޔޫތް މިނިސްޓްރީން ވިދާޅުވީ، އެމްޑީއެން އިން ދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓްގެ މައްސަލަ ބަލައިދިނުމަށް އިސްލާމިކް މިނިސްޓްރީން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން މަަޢުލޫމާތު ދެއްވާ ކަމަށެވެ.
"ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ ކްލަމް ޖަމިއްޔާ ޖަމާއަތެއްވެސް، ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުންދީ ރާއްޖޭގެ ގާނޫނު އަސާސީއާއި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އިޙްތިރާމްކުރުމަށް އިލްތިމާސް ކުރަން." ޔޫތް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ޔޫތް މިނިސްޓްރީން މިހެން ވިދާޅުވިއިރު، މޯލްޑިވިއަން ޑޮމޮކްރަސީ ނެޓްވޯކް އުވާލައިދިނުމަށް ގޮވާލައި ގިނަ ބަޔަކު އަންނަނީ އޮންލައިން ޕެޓިޝަނެއްގައ ސޮއިކުރަމުންނެވެ.