މަޖީދީ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ.
މިއަދު ހެނދުނު 08:59 ހާއިރު މި އެކްސިޑެންޓް ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.
މި އެކްސިޑެންޓްގައި ކާރު ކޮންޓްރޯލް ނުވެ ގޮސް ގަހެއްގައި ޖެހިފައިވާއިރު، ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެ އޭޑީއަށް ވަނީ ގެންގޮސްފައެވެ.
ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ، މަޖީދީމަގުން ދުއްވާފައި ދިޔަ ޓެކްސީއެއް ކޮންޓްރޯލް ނުވެ ގަހެއްގައި ޖެހުނު ވަގުތު ފަހަތުން އައި ސައިކަލެއް ޓެކްސީގައި ޖެހިގެން ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި އެކްސިޑެންޓްގައި ޓެކްސީގެ ފަހަތުގައި އިން މީހާގެ ތުންފަތް ފަޅައިގެން ގޮސްފައިވާ ކަމަށާއި، އިތުރު މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.
މި އެކްސިޑެންޓް ހިނގި ވަގުތު ޓެކްސީ އަދި ސައިކަލް ދުއްވަން އިން މީހާގެ އަތުގައިވެސް ލައިސަންސް އޮންނަ ކަމަށާއި، މި މައްސަލަ ފުލުހުން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.





ހިޔާލު
ލައިސަންސަ އޮތީ މަ ކުށްވެރި އެއް ނުވާނެ