ހުޅުމާލޭގައި ބާރު ސުޕީޑުގައި ދަތުރުކުރި ވޭނެއް ކޮންޓްރޯލް ނައްޓާލައި އެކްސިޑެންޓް އެއް ހިނގައިފިއެވެ.
މި އެކްސިޑެންޓްގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ، މިރޭ 20:44 ހާއިރު ހުޅުމާލެ ހަނދުވަރީހިނގުން އެއްނަންބަރު ގޯޅީގައި ވޭނެއް ޕާކްކޮށްފައި އޮއްވާ ދުއްވާލި ވަގުތު ޕާކިންގ ޒޯންގައި ހުރި ވެހިކަލެއްގައި ޖެހި ވެހިކަލް ކޮންޓްރޯލް ނުވެގެން ގޮސް މަގުގެ އަނެއް ފަރާތު ޕޭމަންޓު މަތިންގޮސް ގަހެއްގައި ޖެހި އެކްސިޑެންޓްވި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
މި އެކްސިޑެންޓް ހިނގިއިރު ވޭން ދުއްވަން އިނީ ބަންގްލަދޭޝް އަށް ނިސްބަތްވާ 27 އަހަރުގެ ފިރިހެނެއް ކަމަށާއި، ޑްރައިވަރު ހައްުޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ ތަޙްޤީޤު ކުރަމުންނެވެ.



