ހުޅުމާލެ އިމާރާތެއްގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ފުލުހުން ހޯދައިފި

ހުޅުމާލެ އިމާރާތެއްގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.

މި މަސްތުވާތަކެތި ހޯދާފައިވަނީ ހުޅުމާލޭގައި ހުރި އިމާރާތެއްގެ ތިންވަނަ ފަންގިފިލާގައި ހުރި ތަނެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި އިންޓަލިޖެންސާއި ސްޕެޝަލް އޮޕަރޭޝަންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ރޭ މެންދަމު 01:25 ހާއިރު ހިންގި މި އޮޕަރޭޝަންގައި އެތަން ބަލާފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ޖޫސްޕެޓީ ހަތަރު ކޮތަޅާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ހަތް ފުޅިއާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި 11 ބުލެޓު ވަނީ ފެނިފައެވެ.

މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ވިދާލުވެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ