ފުލުހުންނަށް ޚާއްސަކޮށްގެން ހަދާ ހައުސިންގ ޔުނިޓްތަކުގެ ބިންގާ އެޅުމުގެތެރެއިން - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ނޫމަޑި މައްސަލަ ޙައްލުކުރަން 55 މިލިއަން ޑޮލަރު ދައްކަނީ

ނޫމަޑި މައްސަލަ ޙައްލުކުރުމަށް 55 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ސަރުކާރުން އެއްބަސްވެއްޖެއެވެ.

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އޭޖީ ("ނޫމަޑި") އިން ދިވެހި ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް ސަތޭކަ ފަންސާސް ފަސް މިލިއަން އެމެރިކާ ޑޮލަރުއާއި އާބިޓްރޭޝަނާގުޅޭ އިތުރު ޚަރަދުތައް ހޯދުމަށްއެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށްވަނީ ދެ މައްސަލައެއް ހުށަހަޅާފައެވެ.

ނޫމަޑި މައްސަލައާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް އެކުލަވާލައްވާފައިވާ ސެޓްލްމަންޓް ކޮމިޓީގައި އެމައްސަލަތަކާއި ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު މިދެމައްސަލަ، އާބިޓްރޭޝަނުން ބޭރުގައި ޙައްލުކޮށް ސެޓްލްމަންޓް އެގްރީމެންޓެއްގައި ދިވެހި ސަރުކާރާއި ނޫމަޑިގެ ފަރާތުން ސޮއިކޮށްފައިވާއިރު، މިމައްސަލަ ޙައްލުކުރުމަށް ދިވެހި ސަރުކާރުން ނޫމަޑިއަށް 55 މިލިއަން އެމެރިކާ ޑޮލަރު ދައްކަން ޖެހެއެވެ.

ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅި 2 މައްސަލައަކީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށްޓަކައި ނޫމަޑި އާއި އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓާ ދެމެދު 20 ޖެނުއަރީ 2011 ގައި ސޮއިކުރެވިފައިވާ އެއްބަސްވުން "ފޭސް 1 އެއްބަސްވުން" އާއި 500 ހައުސިންގެ ޔުނިޓާއި، ޕޮލިސް އެކަޑަމީ ފޭސް 1 އާއި، 3 ރަށެއްގައި ނަރުދަމާގެ ނިޒާމު ތަރައްޤީކުރުމަށްޓަކައި ނޫމަޑި އާއި އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި ދެމެދު 30 މެއި 2013 ގައި ސޮއިކުރެވިފައިވާ އެއްބަސްވުން "ފޭސް 2 އެއްބަސްވުން" އާއި ގުޅިގެން ހުށަހެޅުނު މައްސަލަތަކެކެވެ.

ނޫމަޑިއާއެކު ސެޓްލްމަންޓް އެގްރީމެންޓްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ 25 އޮގަސްޓް 2019 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ