ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު - ފޮޓޯ: ރައީސް އޮފީސް

ދީނަށް ފުރައްސާރަކުރި މީހުންނެކޭ އެއްގޮތަށް، އިންޒާރުދޭ މީހުންނަށްވެސް ފިޔަވަޅު އަޅާނަން - ސިޕީ ހަމީދު

ދީނަށް ފުރައްސާރަކުރި މީހުންނެކޭ އެއްގޮތަށް، އިންޒާރުދޭ މީހުންނަށްވެސް ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ދާދިދެންމެ ކުރެއްވި ޓްވީޓެއްގައެވެ.

ކޮމިޝަނަރ ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ، ބަހާއި އަމަލުން މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނަށް ފިޔަވަޅު އަޅާފަދައިން، މީހުންނަށް އިންޒާރުދީ ބިރުދައްކާ ފަރާތްތަކާއި މެދުވެސް ފިޔަވަޅު އަޅާނެކަމަށެވެ. އަދި މިފަދަ އިންޒާރެއް ކުރިމަތިވާނަމަ ލަސްނުކުރައްވާ ފުލުހުންނަށް ރިޕޯޓް ކުރެއްވުމަށްވެސް ކޮމިޝަނަރ އެދިލެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ