އެއަރޕޯޓަށް ދާ މަގުގައި އެކްސިޑެންޓެއް ހިނގައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދާ މަގުގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ، އެއަރޕޯޓަށްދާ މައި މަގުން އުތުރުން ދެކުނަށް ބާރު ސްޕީޑްގައި ދުއްވާދިޔަ ޕްރިވެޓް ކާރެއް ޓެކްސީއެއްގައި ޖެހި އެކްސިޑެންޓް ވެފައިވާކަމަށެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ޕްރިވެޓް ކާރު ނުބައި ފަޅިން ޓެކްސީ އޯވަރ ޓޭކް ކުރަން އުޅުމުގެ ތެރޭގައިކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި އެކްސިޑެންޓްވި ޕްރައިވެޓް ކާރު ކޮންޓްރޯލް ނުވެ ގޮސް މަގުން ބޭރުވެފައިވަކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ، މިއަދު 17:10 އެހާކަންހާއިރު ފުލުހުންނަށް ހުށަހެޅުނު މިމައްސަލާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށެވެ.

އެއުޅަނދަށްވެސް މިއެކްސިޑެންޓްގައި އެކިވަރުގެ ގެއްލުން ލިބިފައިާއިރު، ފުލުހުންދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ