ޑރ.މުޙައްމަދު މުއިއްޒު - ފޮޓޯ: ރާއްޖެ.އެމްވީ

ރިޕޯޓު ލިޔުނު މީހުން އަބޫޖަހުލަށް ވުރެ ނުބައި - މުއިއްޒު

މޯލްޑިވިއަން ޑެމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓު ތައްޔާރުކުރި މީހުންގެ ނުބައިކަން، އަބޫޖަހުލަށްވުރެ ބޮޑުކަމަށް ޕީޕީއެމްގެ ނައިބް ރައީސް، ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުޙައްމަދު މުއިއްޒު މިހެން ވިދާޅުވީ، ޕްރޮގްރެސިވް ކޯލިޝަނުން " އަންނަނީ އަންނަނީ" ގެ ނަމުގައި މިރޭ ކާނިވަލް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ ކީރިތިރަސޫލާ ސައްލައްﷲ ޢަލައިޙި ވަސައްލަމްއަކީ ދުނިޔެ ދުއް އެންމެ އިޚުލާސްތެރި، އަމާނާތްތެރި އަދި ތެދުވެރިޔާގެ ގޮތުގައި އަބޫޖަހުލުވެސް ޤަބޫލުކުރި ނަމަވެސް، އެމްޑީއެންގެ ރިޕޯޓު އެކުލަވާލުމުގައި މަސައްކަތް ކުރި މީހުން އެ ރިޕޯޓުގައި ރަސޫލާގެ އިސްރާމިއުރާޖަށް އަރާވަޑައިގެންނެވި ޙާދިސާއަކީ ޚިޔާލީ ފޮލައެއް ކަމަށް ބުނެފައިވާ ކަމަށެވެ. 

"ﷲ ވޮޑިގެންވާ ކަމާއި މެދު ސުވާލު އުފެއްދީ، އިސްލާމް ދީނުގެ އަސާސް ކަމުގައިވާ ޝަހާދަތުގެ ދެކަލިމަޔަށް ސުވާލު އުފައްދަނީ، ރަސޫލާ އިސްރާމިއުރާޖަށް އަރާވަޑައިގެން ޙާދިސާއަކީ ޚިޔާލީ ފޮލައެއް ކަމަށް ބުނި، މިއީ ހުސް ޤުރުއާނުގައި ބަޔާންކޮށްފައިވާ ކަންކަން. މިކަންކަމާއި ސުވާލު އުފެއްދުމުން ކީރިތި ގުރުއާނާ މެދު އެ ސުވާލު އުފެދެނީ" ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

އެމްޑީއެން ރިޕޯޓު ލިޔުނު މީހުން މިއަދުވެސް ސަރުކާރުގެ އިސްމަޤާމުުތަކުގައި އެބަ ތިބި ކަމަށާއި އެމީހުންނަށް ފައިސާ ދެނީ ރައްޔިތުންގެ ބައިތުލް މާލުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މިގޮތަށް ކަންތައް ކުރުމުން މަޢާފް ނުކުރެވޭނެ ކަމަށާއި، ބައިތުލްމާލުން އެފަދަ މީހުންނަށް އެންމެ ލޯލާރިއެއް ދޭންވެސ ްނުރުހެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، ސިޔާސި ފިކުރަށްވުރެ ދީނާއި ޤައުމީ ވިސްނުން މާ މުހިންމު ކަމަށާއި، އެންމެ ފުރަތަމަ އިސްކަމެއް ދޭންވާނީ ދީނާއި ޤައުމަށް ކަމަށެވެ. އަދި މިހާރު ޤައުމަށް ދިމާވެގެން މިއުޅޭ މައްސަލައިގައި ރައްޔިތުންނަށް ހެޔޮ މަގު ދައްކާ ގައުމު ސަލާމަތް ކުރުމަށް ޝެއިޚުންނާއި އިލްމުވެރިންގެ ދައުރު ވަރަށް ބޮޑުކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މުހައްމޫ

    ބަލަގަ މުއީޒް ޢެރިޕޯޓް ޅިޔުނީ ކާކުގެ ޥެރިކަމުގަ ކޮން ޢަހަރަކު ޢެއީ 2015 ވަނަ އަހަރުގަ ނުވަތަ 2016 ވަނަ އަހަރުގެ ޜިޕޯޓޭކޭ ކިޔާ ޢަޑު ޢަހަން ޢެއީ ޓެދެއްކަމުގައި ވާނަމަ ކަލޭމެން ށަރުކާރުގެ މިނިސްޓަރުކަމުގައި އެމަސްއަލަ ނުބެލީ ކީއްވެބާ މިސުވާލުގެ ޖަވާބުދީ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ