އަނެއްކާވެސް ދެކުނަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވެ އަނެއްކާވެސް ދެކުނަށް ޔެލޯ އެލާޓް ނެރެފިއެވެ.

ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިރާދާއިން ވިދާޅުވީ ޔެލޯ އެލާޓް ނެރެފައިވަނީ ގދ. އަތޮޅުން އައްޑޫ ސިޓީއަށް ކަމަށެވެ.

މޫސުން ގޯސްވެ ރޭ 11 ޖެހިއިރުން ފެށިގެން ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް ވަނީ ޔެލޯ އެލާޓްގެ ފެރެފައެވެ. މިއަދު 12:00 އާއި ހަމައަށް މެޓް އޮފީހުން ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދެކުނަށް ވަރަށް ގިނައިން ވާރޭ ވެހިފައިވާކަމަށް މެޓް އޮފީހުން އާންމުކުރި ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ. އެގޮތުން ގއ. ގެމަނަފުއްޓަށް 140.3 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. އަދި ސ. ގަމަށް 110.9 މިލިލީޓަރުގެ ވާރޭ ވެހިފައިވާއިރު، ގއ. ކޫއްޑޫއަށް ވަނީ 92.5 މިލިލީޓަރުގެ ވާރޭ ވެހިފައެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އައްޑޫ ސިޓީގައި ވަނީ ފެންވެސް ބޮޑުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ