އުރީދޫ އިންޓަރނެޓަށް މިރޭ ބުރޫއަރާނެ - އުރީދޫ

ރާއްޖޭގެ ގިނަ ބަޔަކު ބޭނުން ކުރަމުންދާ އުރީދޫގެ އިންޓަރނެޓްގެ ޚިދުމަތައް މިރޭ ބުރޫއަރާނެ ކަމަށް އެ ފަރާތުން ވިދާޅުވެއްޖެއެވެ.

އުރީދޫއިން މިއަދު ބުނެފައިވަނީ އެ ކުންފުނީގެ އިންޓަނޭޝަނަލް ސަޕްލަޔަރު ކުރިޔަށް ގެންދާ ކޭބަލް މަރާމާތަކަށް 13 އޮކްޓޫބަރ 2019 ވަނަ ދުވަހުގެ 3:00 އިން 23:00 އަށް އިންޓަރނެޓްގެ ޚިދުމަތަށް ބުރޫއަރާފާނެކަމަށެވެ.

އުރީދޫއިން ރާއްޖޭގައި ޚިދުމަތް ދޭން ފަށާފައިވަނީ 2005 ވަނަ އަހަރުން ފެށިގެންނެވެ. އަދި ގިނަ ބަޔަކު އުރީދޫ ނެޓްވޯޓް ބޭނުން ކުރަމުންދާއިރު، އެކުންފުނިން ވަނީ ރާއްޖޭގެ މުވާސަލާތީ ޚިދުމަތަށް ވަރަށް ބޮޑު އިންގިލާބެއް ގެނުވާފައެވެ.

އެ ގޮތުން 2017 ވަނަ އަހަރު ވަނީ މުޅި ރާއްޖޭގައި ސަބްމެރީން ކޭބަލް އަޅާ ނިންމާފައެވެ. އަދި އެ ކުންފުނިން ޚިދުމަތް ދޭން ފެށުމާއެކު މުވާސަލާތީ ޚިދުމަތުގެ އަގު ވަނީ އެތައް ގުނައަކަށް ކުޑަވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ