ކުޅުދުއްފުށީގައި ހުންނަ ގައުމީޔުނިވާސިޓީގެ ކެމްޕަހުގައި ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އާ ކޯސްތަކެއް 2020 ގެ ފުރަތަމަ ޓާމުގައި ފެށުމަށް އިއުލާނުކޮށްފިއެވެ.
ކުޅުދުއްފުށީ ކެމްޕަހުގައި މުޅިން އަލަށް ފެށުމަށް ހަމަޖެހިފައިވަނީ މާސްޓާ ލެވެލްގެ ތިން ކޯހާއި، ބެޗެލަރޒް ޑިގުރީ ފެންވަރުގެ ދެ ކޯހެވެ.
އޭގެ ތެރޭގައި ހިމެނެނީ، މާސްޓަ އޮފް އެޑިޔުކޭޝަން (އިންގްލިޝް ލޭންގްވިޖް ޓީޗިން) އަދި މާސްޓަ އޮފް އެޑިޔުކޭޝަން (އެޑިޔުކޭޝަނަލް ލީޑާޝިޕް) ކޯހާއި އަދި މާސްޓަރ އޮފް އެޑިޔުކޭޝަން ( ދިވެހި ލޭންގްވިޖް ޓީޗިން) ކޯހެވެ. މީގެ އިތުރުން ދެން ފެށުމަށް އިއުލާންކޮށްފައިވަނީ ބެޗެލަރ އޮފް ޓީޗިން ޕްރައިމަރީ އަދި ބެޗެލަރ އޮފް އެޑިޔުކޭޝަން (ސްޕެޝަލް އެޑިޔުކޭޝަން) ކޯހާއި، ބެޗެލަރ އޮފް ޓީޗިން އަދި ބެޗެލެރ އޮފް އެޑިޔުކޭޝަން (އިންގްލިޝް ލޭންގްވިޖް) ކޯހެވެ.
އަލަށް ފެށުމަށް އިއުލާނުކުރި ކޯސްތަކުގެ އިތުރުން އާއްމުކޮށް ކެމްޕަހުގައި ހިންގާކޯސްތައްވެސް އަންނަ އަހަރުގައި ހިންގުމަށް އިއުލާނުކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ، މާސްޓަރ އޮފް އެޑިޔުކޭޝަން ކޯހާއި، ބެޗެލަރ އޮފް ޕްރައިމަރީ ޓީޗިން އަދި ބެޗެލަރ އޮފް އެޑިޔުކޭޝަން ކޯހާއި، ބެޗެލަރ އޮފް ޓީޗިން އަދި ބެޗެލަރ އޮފް އެޑިޔުކޭޝަންގެ ދިވެހި އަދި ލިޓްރޭޗާ ކޯހާއި، ބެޗެލަރ އޮފް ޓީޗިން އާލީ ޗައިލްޑްހޫޑް އަދި ބެޗެލަރ އޮފް އެޑިޔުކޭޝަންގެ އާލީ ޗައިލްޑްހޫޑް ކޯހެވެ. އަދި ބެޗެލަރ އޮފް ޓީޗިން ޕްރައިމަރީ ދިވެހި އިސްލާމް އަދި އިސްލާމް ޤުރްއާން ކޯސްތަކެއް ހިމެނެއެވެ.
މިއިން ކޮންމެ ކޯހަކަށްވެސް 30 ކުދިންގެ ޖާގަ ކަނޑައަޅާފައިވާއިރު، އަންނަ އަހަރުގެ ފުރަތަމަ ޓާމުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް އެޕްލިކޭޝަން ހުޅުވާލަނީ، އޮކްޓޫބަރު 27 ވަނަ ދުވަހުންފެށިގެންނެވެ.



