ސިވިލް ސަރވިސް ކޮމިޝަންގެ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ މަސައްކަތް ފަށައިފި

ދިވެހި ސިވިލްސަރވިސް ކޮމިޝަނުގެ ނައިބް ރައީސް ޝަހީދު މުޙައްމަދު މަޤާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށައިފިއެވެ.

އެގޮތުން މިއަދު ކުރިޔަށް ދިޔަ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގައި ވަނީ ޝަހީދު އެ މަޤާމުން ދުރުކުރުމަށް ނިންމާފައެވެ. އަދި އެކަން މަޖިލީހުގެ ރައީސަށް އެންގުމަށް އެ ކޮމެޓީން ނިންމާފައިވާއިރު، ޝަހީދު އެ މާޤާމުން ދުރުކުރަން ނިންމާފައިމިވަނީ އެ މަޤާމަށް އޭނާ ޝަރުތު ހަމަނުވާތީ ކަމުގައި އެ ކޮމެޓީން ވަނީ ބުނެފައެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބް ރައީސްގެ މަޤާމަށް އޭނާ އައްޔަންކޮށްފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 10 ވަނަ ދުވަހުއެވެ. ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރަކަށް ޝަހީދު އައްޔަން ކުރައްވާފައިވަނީ 2015 ނޮވެންބަރު 29 ގައެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ނައިބް ރައީސް ޝަހީދު އެ މަޤާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފަށާފައިވާއިރު، ބްރޯޑް ކާސްޓިން ކޮމިޝަންގެ ނައިބުރައީސްވެސް ވަނީ މަޤާމުން ދުރުކުރުމަށް މިއަދު މަޖިލީހުން ފާސް ކޮށްފައެވެ.

މީގެ އިތުރުން ޙިޔާނާތުގެ މައްސަލައެއްގެ ތުހުމަތުގައި ހިއުމަންރައިޓްސް ކޮމިޝަންގެ މެމްބަރު މޫސާ ޢަލީ ކަލޭފާނުވެސް މަޤާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ވަނީ ފަށާފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ