ނޮޅިވަރަމު ސުކޫލުގެ ޕީޓީއޭ އިން 43000 ރުފިޔާ ހޯދައިފި

ނޮޅިވަރަމު ސުކޫލުގެ ޕީޓީއޭ އިން މަސައްކަތު ދުވަސް ފާހަގަކޮށް 43،386 ރުފިޔާ ހޯދައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ނޮޅިވަރަމު ސުކޫލުގެ ޕީޓީއޭ އިން އިންތިޒާމުކުރި މި ހަރަކާތުގައި ސުކޫލުގެ މުވައްޒަފުންނާއި ހުރިހާ ބެލެނިވެރިން ބައިވެރިވިއެވެ.

ނޮޅިވަރަމު ސުކޫލުގެ ޕީޓީއޭ އަކީ ސުކޫލުގެ ތަރައްޤީއަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ވަރަށް ހިންގުންތެރި ޖަމިއްޔާއެކެވެ. ގިނަ އަދަދެއް ފައިސާ އެކި ގޮތްގޮތުން ހޯދައި، ސުކޫލުގެ އުމްރާނީ އަދި ދަރިވަރުންގެ އެކި ކަންކަމަށް އެ ޖަމްއިއްޔާއިން ގިނަގުނަ އެހީތަކެއް ފޯރުކޮށްދެމުންދެއެވެ.

އެގޮތުން، ނޮޅިވަރަމު ސުކޫލުގެ ގޯތިތެރޭގައި ގައު އެތުރުމުގެ މަސައްކަތަކީ ސުކޫލު ހިއްސާވާ ހުރިހާ ފަރާތްތަކުން ފާހަގަކުރަމުންދާ ބޮޑު މަޝްރޫޢުއެކެވެ.

ނޮޅިވަރަމު ސުކޫލުގެ ގޯތިތެރޭގައި ގައު އެތުރުމުގެ މަސައްކަތަކީ ބެލެނިވެރިންގެ ބޮޑު މަޝްރޫޢެއް.. ފޮޓޯ: ފެށުން

ނޮޅިވަރަމު ސުކޫލަކީ، ހދ އަތޮޅުގެ ތިންވަނަ ސުކޫލު އާބާދީއެވެ. މި ސުކޫލުގައި 640 ދަރިވަރުން ކިޔަވަމުންދެއެވެ. އެންމެ ދަރިވަރުން ގިނައީ ހދ އަތޮޅު ތައުލީމީ މަރުކަޒުގައެވެ. ދެވަނަ އަފީފުއްދީން ސުކޫލެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ