އިސްލާމް ދީނަށް ކުޑަވެސް ލޮއެއްބެއް ހުރި މީހަކު އެމްޑީއެންގެ ރިޕޯޓް ދިފާޢު ނުކުރައްވާނެ ކަމުގައި މަޝްހޫރި ދީނީ ޢިލްމުވެރިހާ ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވެ ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ އެމްޑީއެން ރިޕޯޓާއި ގުޅިގެން ހަ ފަހަރު ހަ ގޮތަށް ވާހަކަ ދައްކައި، އެމްޑީއެންގެ ދިފާޢުގައި ވަކާލާތު ކުރިވަރަކަށް ވެއްޓޭނީ ހަމަ ތިމާމެންގެ އަގު ކަމަށެވެ. އަދި އެބަޔަކު ވާނީ ފަލީހަތް ކަމަށާއި، އިސްލާމް ދީނަށް ކުޑަވެސް ލޮއެއްބެއް ހުރި މީހަކު އެމްޑީއެންގެ ޕިރޯޓް ދިފާޢު ނުކުރައްވާނެ ކަމަށެވެ.
#MDN report aa gulhigen 6 faharu, 6 gothah vaahaka dakkai, #MDN ge difaauga nukume vakaalaathu kuri varakah, vetteyny hama thimaamenge agu! Vaany faleehai! Islam dheenah kudaves loabi huri meehaku #MDN ge nubai amal dhifaaeh nukuraane!!#BanMDN
— Ali Zaid (@alizaid1000) October 15, 2019
އެމްޑީއެން އިން އިސްލާމް ދީނަށާއި މާތް ނަބިއްޔާއަށް ފުރައްސާރަކޮށް އިސްލާމް ދީނުގެ އަސްލުތަކާއި ކީރިތި ޤުރުއާނަށް ކުޑައިމީސް ބަސް ބުނެ ނެރެފައިވާ ރިޕޯޓާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ ރިޕޯޓް ލިޔުނު ބަޔަކަށާއި، އެ ޖަމިއްޔާއަށް ޤާނޫނުގެ ދަށުން ފިޔަވަޅު އަޅައިދިނުމަށް ބުނެ އަޑު އުފުލަމުންނެވެ.
އަދި އެ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާއާއި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެފައިވީ ނަމަވެސް އެ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުން ލަސްވަމުންދާތީ ގިނަ ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެ ރިޕޯޓްގެ މައްސަލަ ތަޙްޤީޤު ކުރަމުން ދަނިކޮށް އެމްޑީއެންގެ ފައުޑަރ ޝަހިންދާ އިސްމާޢިލް ވަނީ ރާއްޖެއިން ބޭރަށް ގޮސްފައެވެ.