ރާއްޖޭގެ ދެކުނާއި މެދުތެރޭގެ ބައެއް އަތޮޅުތަކުގެ މޫސުން އިތުރަށް ގޯސްވެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ މ.އަތޮޅާއި ލ.އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
މިއަދު މެންދުރުފަހު 13:10 އިން ހަވީރު 17:00 އަށް މ.އަތޮޅާއި ލ.އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ނެރެފައިވާ ޔެލޯ އެލާޓުގައި ބުނެފައިވަނީ، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ކަމަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މެދުތެރެއާއިދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށާއި، އުތުރުގެ އަތޮޅުތަކުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެކަމަށެވެ.