ދިވެހިރާއްޖޭގައި މީން ދުވަހަކު އިންސާފެއް ޤާއިމު ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އަދި މަންދު ކޮލެޖްގެ ޗެއާރމަން އިބްރާޙީމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.
މިރޭ ކުރެއްވި ޓްވީޓެއްގައި އިބްރާ ވިދާޅުވީ، އިންސާފު ޤާއިމުވާނީ އިންސާފުވެރި ރައްޔިތަކު އުޅޭ ތަނެއްގައިކަމަށާއި، މިރާއްޖޭގައި މީން ދުވަހަކު އިންސާފެއް ޤާއިމެއް ނުވާނެކަމަށެވެ.
މީގެއިތުރުން އިބްރާ ވިދާޅުވީ، އޭނާ މުދައްރިސަކަށް އުޅުނު ދުވަސްވަރު، 1995 ވަނަ އަހަރު ކުރިއަށްދިޔަ ޓީޗަރުންގެ ވޯކްޝޮޕެއްގައި ޓީޗަރުންގެ އެންމެ އިސްކަމަކީ ދަރިވަރުންނަށް އިންސާފުވެރިވާން ދަސްކޮށްދިނުންކަމަށާއި، ނޫންނަމަ މުޖުތަމަޢު ހަލާކުވެގެންދާނެކަމަށް ބުނެގެން އޭނާ ކުށްވެރިވެފައިވާކަމަށެވެ.
Mi Raajjeygai meen dhuvahaku insaaf qaaim nuvaane. Insaaf qaaim vaanee insaaf veri rayyithaku ulhey thanegga
— Ibra - Unapologetically for Justice (@ibramandhu) October 17, 2019
1995 gai aharen "kuvveri" vee teacherunge workshopehgai teacherunge enme is kamakee dharivarunnah insaafveri vaan dhaskohdhinumey, noon nama mujuthamau fun'deyney bunegen
ދާދިފަހުން އިބްރާވަނީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ބޮޑު ފިތުނައަކީ އިސްލާމިކް މިނިސްޓަރކަމަށްވެސް ވިދާޅުވެފައެވެ.




