އެމްޑީއެން މައްސަލަ ބަލާއިރު ސީޕީ ހަމީދު މަޤާމުން އެއްފަރާތް ވެލަންޖެހޭ - އުމަރު

މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް، މާތް ރަސޫލާއަށް ހަޖޫ ޖެހި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ މައްސަލަ ތަޙްޤީޤު ކުރާއިރު، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަގުތީގޮތުން މަޤާމުން ދުރަށް ޖެހިވަޑައިގަންނަވަން ޖެހޭނެކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު މިހެން ވިދާޅުވީ، އެމަނިކުފާނު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އުމަރު ވިދާޅުވީ، އިއްޔެ އެމްޑީއެންގައި މަސައްކަތް ކުރައްވާފައި މިއަދު އެމްޑީއެންގެ މައްސަލަ ބައްލަވަން ހުންނެވުމަކީ މަސްލަހަތު ފުށޫއަރާ ކަމެއް ކަމަށެވެ.

"އެމްޑީއެންގެ މައްސަލަ ފުލުހުން ތަޙްޤީޤު ކުރާއިރު ސީޕީ ހަމީދު، ވަގުތީގޮތުން މަޤާމުން ދުރަށް ޖެހިވަޑައިގަންނަވަންވާނެ. އިއްޔެ އެމްޑީއެންގައި މަސައްކަތް ކުރައްވާފަ، މިއަދު އެމްޑީއެންގެ މައްސަލަ ބައްލަވަން ހުންނެވުމަކީ މަސްލަހަތު ފުށޫއަރާ ކަމެއް." އުމަރު ނަސީރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، މި މައްސަލައިގެ ތަޙްޤީޤު ކުރައްވަމުން ދާއިރު ފުލުހުންނަށް އެމްޑީއެންގައި މަސައްކަތް ކުރެއްވި ހަމީދު އާއި ސުވާލުކުރަން ޖެހުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

މީގެ ކުރިން މި ސަރުކާރުގެ މިނިސްޓަރަކުވެސް ތަޙްޤީޤު ހިނގާތީ ގޭގައި މަޑުކުރެއްވި ކަމަށާއި، ހަމަ އެ އުޞޫލު ސީޕީ ހަމީދުއާއި ދޭތެރޭގައިވެސް އޮންނަންވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

"މީގެ ކުރިން މިސްޓަރަކުވެސް ތަޙްޤީޤް ހިނގާތީ ގޭގައި މަޑުކުރެއްވި. ހަމަ މިއުޞޫލް ސީޕީ ހަމީދުއާ ދޭތެރޭވެސް އޮންނަންވާނެ. ގޭ މީހުންނަށް ވަކި ގޮތެއް، ގޭން ބޭރު މީހުންނަށް ވަކި ގޮތެއް ނުހައްދަވާ އެއް އުޞޫލެއް ރައީސް ހިފަހައްޓަވާނެކަމަށް އުއްމީދުކުރަން." އުމަރު ނަޝީރު ވިދާޅުވިއެވެ.

MDN ge massala fuluhun thahugeeg kuraa iru CP Hameed, vaguthee gothun magaamun dhurah jehivadai gannavan vaane. Iyye MDN...

Posted by Umar Naseer on Saturday, October 19, 2019

އެމްޑީއެންގެ މައްސަލައިގެ ތަޙްޤީޤު ފުލުހުން ކުރަމުންދާއިރު، ސީޕީ ހަމީދުއަކީ އެ ޖަމްއިއްޔާގައި މީގެ ކުރިން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެކަން ފުލުހުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އެމްޑީއެންއިން ފާޅުގައި އިސްލާމްދީނަށް ފުރައްސާރަކޮށް، ދިވެހިރާއްޖޭގެ ޤާނޫނުތައް މުގުރާލާފައިވާއިރު، އެ ޖަމްއިއްޔާއަށް ފިޔަވަޅު އެޅުން ލަސްވެފައިވާ މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ